ENGLISH
10 މާރިޗު 2026
ދަ ގްރޭޓާ އައްޑޫ ތަސައްވުރަކީ ޗާޓެއްގައި ކުރަހާ ކުރެހުމެއް ނޫން: މޭޔަރު ކެންޑިޑޭޓް މުޝްރިފް
08 މާރިޗު 2026
|
ކޮންގްރެސް ޕާޓީގެ އައްޑޫ ސިޓީ މޭޔަރު ކެންޑިޑޭޓް މުޝްރިފް. މުޝްރިފް ވަނީ ދަ ގްރޭޓަރ އައްޑޫ ވިޝަންގެ ސަބަބުން ދެނުކަށް އިންގިލާބީ ބަދަލެއް އަންނާނެކަމަށް ވިދާޅުވެފައި. ފޮޓޯ؛ ޕީއެންސީ
އެންމެ މަޤްބޫލު
ދަ ގްރޭޓާ އައްޑޫ ތަސައްވުރަކީ ހަމައެކަނި ޗާޓެއްގައި ކުރަހާ ކުރެހުމެއް ނޫންކަމަށް ކޮންގްރެސް ޕާޓީގެ އައްޑޫ ސިޓީ މޭޔަރު ކެންޑިޑޭޓް މުޝްރިފް އަލީ ވިދާޅުވެއްޖެ އެވެ.
ދަ ގްރޭޓަރ އައްޑޫ ވިޝަންގެ ތަފްސީލުތައް ލޯންޗުކުރުމުގެ ރަސްމިއްޔާތުގައި ރޭ ވާހަކަފުޅުދައްކަވަމުން މުޝްރިފް ވިދާޅުވީ މުސްތަގުބަލުގައި ދިވެހިރާއްޖޭގެ ކުރިއެރުމުގައި އައްޑޫއަށް ވަރަށް ހާއްސަ ދައުރެއް އަދާކުރެވިދާނެ ކަމަށެވެ.
ސިޓީތައް ކުރިއަރަނީ ފުރުސަތުގެ ބޭނުން ހިފޭނެފަދަ ހަރުދަނާ ނިޒާމެއް އޮވެމެ، އިންތިޒާމު ކުރޭވޭ ކަންތައްތަކެއްގެ ތެރެއިން އައު ހިޔާލުތަކަށް މަގުފަހިކޮށްދީ އިންވެސްޓުތަކަށް މަރުހަބާ ކިޔާ ރައްޔިތުންގެ އިތުބާރު ހޯދައިގެން ކަމަށް މުޝްރިފު ވިދާޅުވި އެވެ.
"މިއީ ހަމައެކަނި ޗާޓެއްގައި ކުރަހާ ކުރެހުމެއް ނޫން. މިއީ އިގްތިސާދީ ގޮތުން ވަރުގަދަ ދެމެހެއްޓެނިވި މުސްތަގުބަލަކަށް އައްޑޫ ތައްޔާރުކުރުމުގެ މަސައްކަތެއް. ދުނިޔޭގެ ސިޓީތަކުގެ މުސްތަގުބަލު ބައްޓަން ވަމުންދާ މި ދަނޑިވަޅުގައި، ފަތުރުވެރިކަމަށް އަންނަ ބަދަލުތަކާއި ޓެކްނޮލޮޖީގެ ސަބަބުން މަސައްކަތްތެރި ކަމަށް އަންނަ އިންގިލާބީ ބަދަލުތަކަށް އަޅުގަނޑުމެން ލޯ ހުޅުވަން ޖެހޭ" - ކޮންގްރެސް ޕާޓީގެ އައްޑޫ ސިޓީ މޭޔަރު ކެންޑިޑޭޓް މުޝްރިފް އަލީ
އައްޑޫއަކީ ތަރައްގީއަށް ބޭނުންވެފައިވާ ހުރިހާ ސިފަތަކެއް ފުރިހަމަވެފައިވާ ތަނެއް ކަމަށާއި، ބަދަހި މުޖުތަމައަކާއި ފަތުރުވެރިކަމުގެ ތަޖުރިބާކާރުންނާއި، އައު އިޖާދުތަކަށް ލޯބި ކުރާ ޒުވާނުން އައްޑޫގައި ތިބިކަމަށާއި އިންޑިއާ ކަނޑުގެ މުހިންމު މަގަށް އައްޑޫ ވާއިރު މިއީ ޒަމާނުއްސުރެ އުމްރާނީ ވަސީލަތްތަކާއި ދޭދޭ ގުޅުމާއި ވިޔަފާރި ގުޅުވައިދޭ މައި މަރުކަޒެއް ކަމަށް މުޝްރިފް ވިދާޅުވި އެވެ.
ރާއްޖޭގެ ފަތުރުވެރިކަމާއި، ވިޔަފާރި އާއި ދައުލަތުގެ އެކި މުއްސަސާތަކާއި އެނޫންވެސް ތަފާތު ދާއިރާތަކުން ގައުމަށް ލިބިފައިވާ ކުރިއެރުމާއި އައްޑޫ ދަރީންގެ ހިދުމަތްތަކަކީ އަގު ނުކުރެވޭނެ ފަދަ މަތިވެރި ހިދުމަތްތަކެއް ކަމަށް ވިދާޅުވެ، ވަރުގަދަ އައްޑޫއަކާ އެކު މުޅި ރާއްޖޭގެ ދެކުނަށް އިންގިލާބީ ބަދަލުތަކެއް އަންނާނެ ކަމަށް މުޝްރިފް ވިދާޅުވި އެވެ.