ENGLISH

20 އޭޕްރީލު 2025

Advertisement

ވައިބާ އެކައުންޓްތައް ކޮމްޕްރޮމައިޒްކުރަން އާ އުކުޅެއް ބޭނުން ކުރާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

11 ޑިސެމްބަރު 2024

|

އެމް އެމް

ވައިބާ އެކައުންޓްތައް ކޮމްޕްރޮމައިޒްކުރަން އާ އުކުޅެއް ބޭނުން ކުރާތީ ސަމާލުވާން ފުލުހުން މިއަދު އިލްތިމާސްކޮށްފި އެވެ.

ފުލުހުން ބުނީ އާ އުކުޅުގައި، ސްކޭމަރުން ވިކްޓިމަށް ގުޅައި، ވިކްޓިމް ބޭނުންކުރާ ނަންބަރަކީ ކުރިން ބޭނުން ކުރި ނަންބަރެއް ކަމަށް ބުނާ ކަމަށެވެ. އަދި ސްކޭމަރުގެ އެކައުންޓެއް ރިކަވާ ކުރުމަށް ވިކްޓިމްގެ ނަންބަރަށް ލިބޭ އޯޓީޕީ ކޯޑެއް ހިއްސާ ކުރުމަށް ވެސް އެދޭ ކަމަށް ބުނެފައިވެ އެވެ.

ނަމަވެސް އެ ކޯޑު ހިއްސާ ނުކުރުމުން، ދެން އެދެނީ ވިކްޓިމްގެ ނަމްބަރަށް ރިސީވްވާ އިންޓަނޭޝަނަލް ކޯލެއްގެ ނަންބަރު ހިއްސާކުރުމަށް ކަމަށް ފުލުހުން ބުންޏެވެ.

"މި ނަންބަރު ހިއްސާކުރުމުން މި ނަންބަރު ބޭނުން ކޮށްގެން ސްކޭމަރުން ވިކްޓިމްގެ ވައިބާ އެކައުންޓް އެމީހުންގެ ބާރުގެ ދަށަށް ގެނެސް، މަކަރާއި ހީލަތުގެ އަމަލުތައް ހިންގައެވެ." ފުލުހުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

ފުލުހުން ބުނީ އެ އާ އުކުޅު ފާހަގަ ކުރެވުނީ މިހާރު ހުށަހެޅެމުންދާ މައްސަލަތަކުން ކަމަށެވެ.

އެހެން ކަމުން އެކަމަށް ސަމާލުވެ، ނުދަންނަ ފަރާތްތަކާ އެއްވެސް މައުލޫމާތެއް ހިއްސާ ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި މިފަދަ ސްކޭމެއްގެ ޝިކާރައަކަށް ވެއްޖެނަމަ ވީހާވެސް އަވަހަކަށް ރިޕޯޓް ކުރުމަށް ވެސް ވަނީ އިލްތިމާކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު