ENGLISH

20 އޭޕްރީލު 2025

Advertisement

ހަތަރު ސަރަހައްދަކުން އެސްޓީއޯ ރޭޓުން މަސްވެރިންނަށް ތެޔޮ ވިއްކަން ފަށައިފި

11 ޑިސެމްބަރު 2024

|

އެމް އެމް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވި ގޮތަށް، މަސްވެރިންނަށް "އެސްޓީއޯ ރޭޓް" ގައި ތެޔޮ ވިއްކަން ފަށާފައިވާ ކަމަށް އެސްޓީއޯ އިން ބުނެފި އެވެ.

އެސްޓީއޯއިން ބުނީ މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދިނުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން، ރާއްޖޭގެ ކޮންމެ އަތޮޅެއްގެ މަދުވެގެން އެއް ރަށުން "އެސްޓީއޯ ރޭޓް" ގައި، ފިޝަރީޒް މިނިސްޓްރީގެ "ފަހި ހަކަތަ" ޕޯޓަލް މެދުވެރިކޮށް މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމު އެ ކުންފުނިން ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން 10 ޑިސެމްބަރު ވީ އަންގާރަ ދުވަހު ފާހަގަކުރި ގައުމީ މަސްވެރިންގެ ދުވަހު ރައީސް އިއުލާން ކުރެއްވި ގޮތަށް، ހުޅުމާލެ ކަންނެލި ޖެޓީގެ އިތުރުން، ކ. ހިންމަފުށި، ޅ. ފެލިވަރު، ގއ. ކޫއްޑޫ، އަދި ސ. ހުޅުމީދޫއިން، މި ދެންނެވި ރޭޓުގައި ތެޔޮ ވިއްކަން މިހާރު ވަނީ ފަށާފައި ކަމަށެވެ.

އަދި 2025 ގެ ނިޔަލަށް ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ފިއުލް ސްޓޯރޭޖް ގާއިމްކޮށް، "އެސްޓީއޯ ރޭޓް" ގައި ތެޔޮ ލިބޭނޭ އިންތިޒާމް ހަމަޖައްސުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެ ކުންފުނިން ފާހަގަކުރި އެވެ.

ކިޔުންތެރިންގެ ހިޔާލު