ENGLISH

05 ޖުލައި 2025

Advertisement

އާންމު އުސޫލުތަކާ ޚިލާފަށް މިފްކޯއަށް 700 މިލިއަން ރުފިޔާގެ އޯވަރޑްރާފްޓެއް ދޫކޮށްފައިވާ ނުވާނެ ކަމަށް ބީއެމްއެލުން ބުނެފި

11 ޑިސެމްބަރު 2024

|

އެމް އެމް

ބޭންކް އޮފް މޯލްޑިވްސް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އާންމު އުސޫލުތަކާ ޚިލާފަށް މިފްކޯއަށް 700 މިލިއަން ރުފިޔާގެ އޯވަރޑްރާފްޓެއް ދޫކޮށްފައިވާ ކަމަށް ބުނާ ވާހަކަ އެ ބޭންކުން ދޮގު ކޮށްފިއެވެ.

މިކަން ބީއެމްއެލްއިން ހާމަކޮށްފައިވަނީ އެ ބޭންކުންް ނެރުނު ބަޔާނެއްގައެވެ.

ބީއެމްއެލްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ”އަދަދު“ ނޫހުން ފަތުރާފައިވަނީ ދޮގު ޚަބަރެއް ކަމަށާއި، ބޭންކުގެ އިތުބާރު ގެއްލޭ ގޮތަށް ޚަބަރު ޝާއިއު ކޮށްފައި ވާތީ އެކަން ކުށްވެރި ކުރާ ކަމަށެވެ. އަދި ބީއެމްއެލްއިން ކަސްޓަމަރުންނަށް ޚިދުމަތް ދެމުން އަންނަނީ ބޭންކިން ގާނޫނާއި އެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާއި، އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްތަކާ އެއްގޮތްވާ ގޮތުގެ މަތީން ކަމަށް ބަޔާނުގައި ފާހަގަ  ކޮށްފައިވެއެވެ.

މީގެއިތުރުން، ބީއެމްއެލްއިން ހާމަކޮށްފައިވާ ގޮތުގައި ސަރުކާރުގެ އިދާރާތަކާއި، ކުންފުނިތަކާއި، އަމިއްލަ ކުންފުނިތަކާއި ވިޔަފާރިތަކަށް ބަލްކް ޓްރާންސްފާގެ ޚިދުމަތް ދެމުން އަންނަނީ އާންމު އުސޫލާ އެއްގޮތަށެވެ. އަދި ބޭންކުގެ އެންމެ މަތީ މަސްލަހަތަކީ ޑިޕޮސިޓަރުންގެ ރައްކާތެރިކަން ކަމަށް ވީހިނދު، ބޭންކުން އަބަދުވެސް އަމަލު ކުރަމުން ދާނީ ހަރުދަނާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ކަމުގެ ޔަގީންކަން ދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު