ENGLISH
10 އޭޕްރީލު 2025
ގޯލްޑް ކަޕް: ކުރެންދޫ އަތުން އަލިފުއްޓަށް މޮޅެއް، މީދޫން އައްޑޫ ސިޓީ ހުއްޓުވައިފި
11 ޑިސެމްބަރު 2024
|
މެޗަށް ފަހު އަލިފުށީގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: މިހާރު
މިހާރު ކުރިއަށްދާ ނައިންޓީ ޕްލަސް ގޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ދެވަނަ ބުރުގައި ޅ. ހިންނަވަރު އަތުން ރ. އަލިފުށި މޮޅުވިއިރު، އައްޑޫ ސިޓީއާ ދ. މީދޫ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.
ގަލޮޅު ރަސްމީ ދަނޑުގައި ރޭ ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، 63 ވަނަ މިނެޓުގައި އަލިފުއްޓަށް ކާމިޔާބުކޮށްދިނީ އަހުމަދު ހުސާމް (ހުސާންކޮ) އެވެ.
ގޯލްޑް ކަޕްގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި އައްޑޫ ސިޓީ މޮޅުވާން ދަނިކޮށް ދ. މީދޫން ވަނީ އެއްވަރުކޮށްފައެވެ.
މި މެޗުގައި އައްޑޫ ސިޓީގެ ލަނޑުތައް ޖަހައިދިނީ އިބްރާހިމް މަހުދީ ހުސެއިން (ފޭދޫއިއްބެ)، އިސްމާއިލް އީސާ އާއި އަލީ ނާފިއު އެވެ.
މީދޫގެ ތިން ލަނޑުވެސް ޖަހައިދިނީ އިބްރާހިމް އިމްރާން އެވެ. މީގެތެރެއިން އެއްގޯލު އޭނާ ޖެހީ ލިބުނު ޕެނަލްޓީއަކުންނެވެ. މި މެޗުން އެ ޓީމު ތިންވަނަ ފަހަރަށް އެއްވަރުކުރި ލަނޑު، އިތުރު ވަގުތުގެ ތެރޭގައި އިމްރާން ކާމިޔާބުކުރީ ލިބުނު ހިލޭޖެހުމަކުންނެވެ.
މި މުބާރާތުގައި މިރޭ 9 ޖަހާއިރު ކުޅޭ މެޗުގައި ކ. މާފުށި ނުކުންނާނީ ހއ. ދިއްދޫއާ ދެކޮޅަށެވެ.