ENGLISH
05 ޖުލައި 2025
ދިވެހި ދައުލަތް ބަނގުރޫޓުނުވެ މި ހިސާބަށް ހިފެހެއްޓުމަކީ ރައީސް މުޢިއްޒު ހޯއްދެވި ކާމިޔާބީއެއް: މެމްބަރު ޝުޖާޢު
10 ޑިސެމްބަރު 2024
|
ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު-- ފޮޓޯ/އެމްއެމްޓީވީ
ދިވެހި ދަޢުލަތް ބަނގުރޫޓުނުވެ މިހިސާބަށް ހިފެހެއްޓުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހޯއްދެވި ކާމިޔާބީއެއް ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ވިދާޅުވެއްޖެއެވެ.
އެމްއެމްޓީވީގެ "ރައްޔިތުންގެ ދިފާއުގައި" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން، ޝުޖާޢު ވިދާޅުވީ ރައީސް މޫޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތްއިރު އިދިކޮޅު ފަރާތްތަކުން ބުނަމުން ދިޔައީ، ބޭރުގެ ފަރާތްތަަކުން ނަގާފައިވާ ލޯނުތައް ނުދެއްކި ރާއްޖެ ބަނގުރޫޓު ވާނެކަމަށެެވެ.
"ދިވެހ ދައުލަތް ބަނގުރޫޓުނުވެ މިހިސާބަށް ހިފެހެއްޓުމަކީ ރައީސް މުޢިއްޒު ހޯއްދެވި ކާމިޔާބީއެއް. މިހެން ހަޖަމުނުވިއަސް..... މިއީ ފެންނަންހުރި ހަޤީޤަތް، މިއާ ދެބަހެއް ނުވެވޭނެ، މިހާރު ވެސް އެންމެން ދުޢާކޮށްކޮށް އެތިބެނީ މިޤައުމު ބަނގުރޫޓުވޭތޯ، ކާކަށްތޯ ގެންލުންވަނީ؟" - މެންބަރު އިބްރާހީމް ޝުޖާޢު
ޝުޖާޢު ވިދާޅުވި ގޮތުގައި އައިއެމްއެފް ފަދަ މާލީ އިދާރާތަކުން ފާއިތުވި އަހަރުތަކުގައި ދައުލަތުގެ ޚަރަދު ކުޑަކުރުމަށް ލަފާދެމުން އައިނަމަވެސް، ކުރީގެ ސަރުކާރުން ޓެކްސް ބޮޑުކޮށްގެން ލިބުނު އާމްދަނީ ޚަރަދުކުރީ ސިޔާސީ ވަޒީފާތައް ދިނުމަށެވެ.
"ރުފިޔާ ޗާޕުނުކޮށް ތަކެތީގެ އަގު ބޮޑުނުކޮށް، ދިވެހި ދައުލަތް މިހިސާބަށް ޑިފޯލްޓް ނުވެ، ލޯނުތައް ދައްކަންޖެހޭ ތަރީޚުތަކަށް ދައްކަމުން، ދިވެހި ރައްޔިތުނަށް ޚިދުމަތް ފޯރުކޮށްދިނުމަކީ މި ކާމިޔާބެއް،" ޝުޖާއު ވިދާޅުވި އެވެ.
މިއަދަކީ މަސްވެރިންގެ ދުވަސްކަމަށް ވުމާއެކު، ޝުޖާޢު ވިދާޅުވީ މީގެ ކުރިން އެއްވެސް ސަރުކާރަކުން މަސްވެރިން ބާރުވެރި ކުރުވަން މަސައްކަތް ނުކުރާވަރަށް މި ސަރުކާރުން މަސްވެރިންނަށް ގިނަ ކަންތައްތަކެއް ކޮށްދެއްވައިފި ކަމަށެވެ.
"ހުރިހާ އެންމެންވެސް ޤަބޫލުކުރާ ގޮތުގައި، މަސްވެރިން ހައްދަމުންދިޔައީ، ނުގަނެވޭ އަގުގައި މަސް ގަންނަން ވަޢުދުވަމުން ދިއައީ، އެކަަކު ބުނާނެ 15ރ. އަނެކަކު ބުނާނެ 20ރ. އެނަަކަކު ބުނާނެ 25ރ، މއީ މަސްވެރިންނަށް ދިން އަނިޔާ، ނުގަނެވޭނެ އަގުގައި މަސްވެރިން އަތުން މަސް ގަންނާނަމޭ ކިޔައިގެން އައިސް، ލާރި ނުދީ ދިއުން،" ޝޫޖާޢު ވިދާޅުވި އެވެ.
ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވަޑައިގަތްއިރު، 250 މިލިއަނަށްވުރެ ގިނަ ރުފިޔާ މަސްވެރިންނަށް ނުދީ އޮތެވެ. ކުރީ ސަރުކާރުން ނުދީ ހުރި ފައިސާ އާއި އިއްޔެ އާ ހަމައަށް މި ސަރުކާރު އައިފަހުން މިފްކޯއަށް ގަތް ހުރިހާ މަހަކަށްވާ ފައިސާ ވަނީ އިއްޔެގެ ނިޔަލަށް ސަރުކާރުން ދީ ޚަލާސްކޮށްފައެވެ. އަދި ކިރުވާ މަހަށް 48 ގަޑިއިރުތެރޭގައި ފައިސާ ދޭން މިއަދު ވަނީ ފަށައިފައެވެ.