ENGLISH

05 ޖުލައި 2025

Advertisement

އަޅުގަނޑުމެން ކުރި ކަމަކީ މަގުން ކައްސާލީމަ ހަމަ މަގަށް އެޅުވުމުގެ މަސައްކަތް: މެމްބަރު ޝުޖާޢު

10 ޑިސެމްބަރު 2024

|

ޢަލީ ޝާހީން

ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އެމްއެމްޓީވީގައި ވާހަކަ ދައްކަވަނީ. - ފޮޓޯ: އެމްއެމްޓީވީ

ވާދަވެރި ޕާޓީއެއް އޮންނަނީ ސަރުކާރު ޖަވާބުދާރީ ކުރުވަން ކަމަށާއި އެގޮތުން ކުރި މަސައްކަތަކީ މަގުން ކައްސާލީމަ ހަމަ މަގަށް އެޅުވުމުގެ މަސައްކަތް ކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

އެމްއެމްޓީވީގެ "ރައްޔިތުންގެ ދިފާއުގަ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ ދިވެހި ރައްޔިތުންގެ ޓެކްސް ފައިސާއިން ސިޔާސީ ހަރަކާތް ހިންގަން ސިޔާސީ ޕާޓީތަކަށް ފުރުސަތު ދީފައި އޮންނަނީ ސަރުކާރު ޖަވާބުދާރީ ކުރުވަން ކަމަށާއި މަގުން ކައްސާލީމަ ހަމަ މަގަށް އަޅުވަން ކަމަށެވެ.

ޝުޖާއު ވިދާޅުވީ، އެންމެ ބޮޑު ކަންބޮޑުވުމެއް ދިވެހި ރާއްޖޭގެ ރައްޔިތުންގެ އޮތީ މިނިވަންކަމާއި އިސްތިގްލާލުގެ މައްސަލައިގައި ކަމަށެވެ. ބޭރުގެ އަސްކަރިއްޔާއެއް ގާއިމުވެފައި އޮތް އޮތުމަކީ ދިވެހިންގެ އޮތް އެންމެ ބޮޑު ކަންބޮޑުވުންކަން ފާހަގަކުރައްވައި ޝުޖާޢު ވިދާޅުވީ އޭރު އޮތް އެމްޑީޕީގެ ސަރުކާރުން އެކަމަށް ދިނީ ބީރު ކަންފަތެއް ކަމަށެވެ. ނަމަވެސް ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން އެކަން ހައްލުކޮށްދެއްވި ކަމަށް ޝުޖާޢު ވިދާޅުވިއެވެ.

"ބޭރުގެ އަސްކަރިއްޔާއެއް ގާއިމުވެފައި އޮތް އޮތުން އެއީ ދިވެހިންގެ އެންމެ ކަންބޮޑުވުން އޮތް މައްސަލަ. މިއީ އަޅުގަނޑުމެން ނުކުތް ކޯޒްއެއް" މެމްބަރު އިބްރާހިމް ޝުޖާޢު ވިދާޅުވިއެވެ.

މީގެ އިތުރުން ޝުޖާޢު ވިދާޅުވީ، ދެން ނުކުތީ ދިވެހި ރާއްޖޭގެ އިމުގެ މައްސަލައިގައި ކަމަށާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑުބައެއް ގެއްލުނު މައްސަލައިގައި ކަމަށެވެ. އަދި ރާއްޖޭގެ ކަނޑުން ބޮޑު ބައެއް ދިވެހިން އަތުން ގެއްލުނީ ސިޓީފުޅަކުން ކަމަށް ޝުޖާޢު ފާހަގަ ކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު