ENGLISH
19 އޭޕްރީލު 2025
ޤައުމުގެ ދިފާއުގައި އުޅޭ ބައެއް ނަމަ ދިވެހިންގެ ލޭނާރުން ބައެއް ވިއްކައެއް ނުލާނެ: އެމްޕީ އިބްރާހީމް
10 ޑިސެމްބަރު 2024
|
ޤައުމުގެ ދިފާއުގައި އުޅޭ ބަޔަކު ރައްޔިތުންގެ ލޭނާރާ ގުޅުންހުރި ބައެއް ވިއްކައެއް ނުލާނެކަމަށް މައްޗަންގޮޅީ އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ވިދާޅުވެއްޖެ އެވެ.
އެމްއެމް ޓީވީ އިން ގެނެސްދިން "ރައްޔިތުންގެ ދިފާއުގައި" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މެމްބަރު ވިދާޅުވީ އެމްޑީޕީގެ ތާރީހަކީ ދޮގު ހަދާ އޮޅުވާލުމުގެ ތާރީހެއް އޮތް ޕާޓީއެއް ކަމަށެވެ. އެގޮތުން މަސްވެރިން ދޮށި އަޅައިގެން މަސްބާނަބާނަ ތިއްބާ މަސްކަނޑުން ޑެންމާކަށް ވުރެ ބޮޑު ބައެއް ވަނީ ވިއްކާލާފައިކަމަށެވެ.
"އެހެންވީމާ މީ ޔަގީނަށްތުރެ ވެސް ޔަގީންކަމެއް، އެމްޑީޕީއަކުން ރައްޔިތުންގެ ދިފާއުގަ ނުކުރާނެ އެއްވެސް ކަމެއް " މެމްބަރު ވިދާޅުވިއެވެ.
އެމްޑީޕީގެ ދައުރުގައި އެތަކެއް ވައްކަމެއް ކޮށްފައިވާ ކަމަށާއި ކޮވިޑްގެ ހާލަތުގައިވެސް އެތަކެއް އިންޓްރެސްޓް ބޮޑު ލޯނުތަކެއް ނަގައި އެނަހަމަ ގޮތުގައި ބޭނުންކޮށްފައިވާކަމަށް އިބްރާހިމް ވިދާޅުވިއެވެ. 2023 ގެ ރިޕޯޓުތަކުން ވެސް އެކަން އެނގި ހާމަވާ ކަމަށެވެ. މީގެ އިތުރުން އެމްޑީޕީއިން ވަނީ ދައުލަތުގެ ބޮޑެތި ކުންފުނިތަކާ ހަރުމުދާތަކެް ވިއްކާލިކަމަށާއި އެއްފަހަރު އެފަދަ ކަމެއް ކުރި ބަޔަކަށް ޤާނޫނު އަސާސީ ހިމާޔަތްކުރެވޭނެކަމާ މެދު ސުވާލު އުފެދޭކަމަށް ވެސް އިބްރާހިމް ފާހަގަކުރެއްވިއެވެ.