ENGLISH
05 ޖުލައި 2025
މަސްވެރިންނަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ޖަމާކުރަން ފަށައިފި
10 ޑިސެމްބަރު 2024
|
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް މަސްވެރިންނަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ޖަމާކުރަން ފަށައިފިއެވެ.
މިފްކޯއިން މަޢުލޫމާތު ދެއްވާ ގޮތުގައި މިމަހުގެ 8 ވަނަ ދުވަހު މިފްކޯއަށް މަސްވެރިން ކިރުވާފައިވާ 172 މެޓްރިކް ޓަނަށްވާ 2،045،823 ރުފިޔާ މިއަދު ވަނީ މަސްވެރިންނަށް ޖަމާކޮށްފައެވެ.
މިފްކޯއިން މަސްވެރިންނަށް 48 ގަޑި އިރުގެ ތެރޭގައި ފައިސާޖަމާކުރަން ފެށުމަށް އިޝާރާތްކުރައްވާ ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް ވިދާޅުވީ މިއީ ތާރީޚީ ދުވަހެއް ކަމަށެވެ.
މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދިނުމަކީ ރައީސް މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. ވެރިކަމާއި ހަވާލުވުމަށްފަހު ރައީސް ވަނީ މި ވަޢުދު ފުއްދެވުމަށްޓަކައި މިފްކޯގެ ހިންގުން ހަރުދަނާ ކުރައްވައި، މަސްވެރިންނަށް ނުދެވި ހުރި ފައިސާ ވީއެންމެ އަވަހަކަށް ޖަމާކުރުމަށް ބޮޑު އިސްކަމެއް ދެއްވާފައެވެ.