ENGLISH
02 މާރިޗު 2026
ލާމު ލިންކުގައި އެކްސިޑެންޓެއް ހިނގާ ދެ މީހަކަށް އަނިޔާވެެއްޖެ
02 މާރިޗު 2026
|
ލާމު ލިންކު --
އެންމެ މަޤްބޫލު
ހައްދުންމަތީ ގަން ތުނޑީ ލިންކު ރޯޑްގައި ދެ ސައިކަލް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް މިރޭ ހިނގައިފި އެވެ.
ދިވެހި ފުލުހުން ޚިދުމަތުން ބުނީ މިރޭ 9:36 ހާއިރު ހިނގި އެކްސިޑެންޓްގައި ދެ ސައިކަލު ގައި ތިބި ދެ މީހުންނަށް ވެސް އަނިޔާވެފައިވާ ކަމަށެވެ. އަދި ބުނީ އެ މީހުންނަށް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުން ކަމަށެވެ.
މިރޭގެ އެކްސިޑެންޓްގައި އަނިޔާވީ އަންހެނަކާއި ފިރިހެނަކަށެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓާއި ގުޅިގެން ތަހުގީގެއް ކުރަމުންދާ ކަމަށެވެ.