ENGLISH

19 އޭޕްރީލު 2025

Advertisement

ދެކުނުގެ ކަސްޓަމްސްގެ ސަރަހައްދީ އޮފީސް ހުޅުވައި ޚިދުމަތް ދޭން ފަށައިފި

10 ޑިސެމްބަރު 2024

|

އެމް އެމް

ކަސްޓަމްސް އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

ދެކުނުގެ ކަސްޓަމްސްގެ ސަރަހައްދީ އޮފީސް އައްޑޫސިޓީ މަރަދޫގައި ހުޅުވައިފިއެވެ. މި އޮފީސް ހުޅުއްވައި ދެއްވީ ދާޚިލީ ސަލާމަތާއި ފަންނިިއްޔާތާ ބެހޭ ވަޒީރު ޢަލީ އިހުސާން އާއި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާއެވެ.

އައްޑޫސިޓީ މަރަދޫ ބަނދަރު ސަރަހައްދުގައި ހުޅުވާފައިވާ ދެކުނު ކަސްޓަމްސްގެ ސަރަހައްދީ އޮފީސް ހުޅުއްވައި ދެއްވުމުގައި ރަސްމިއްޔާތުގައި އެތަން ހުޅުވައި ދެއްވާ އެތަނުގެ ދިދަ ވަޒީރު އިހުސާނާއި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ ވަނީ ނަންގަވައިދެއްވާފައެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިހުސާން ވަނީ ކަސްޓަމްސްއިން ދެމުންދާ ޚިދުމަތްތަކަކީ ރައްޔިތުން ޤަބޫލުކުރާ ފަދަ ޚިދުމަތްތަކަށް ހެދުމަށް ގޮވާލައްވާފައެވެ. ވަޒީރު ވިދާޅުވީ އައްޑޫއަކީ މަދު ވިޔަފާރިވެރިން ތިބި ނަމަވެސް ގިނަ މުދާ އެތެރެކުވޭ ތަނެއްކަމަށެވެ.

އެހެންކަމުން ވިޔަފާރިތަކަށް ފަހިވާގޮތަށް ކަންކަން އިންތިޒާމުކޮށްދިނުމަށް ވަޒީރު ވަނީ އެދިވަޑައިގަންނަވާފައެވެ.

މީގެއިތުރުން އަލަށް ހުޅުވުނު ކަސްޓަމްސް އޮފީހުގެ މަސައްކަތް ބައްޓަންވެގެން ދާނީ މިސަރަހައްދުގެ ޑޮކިއުމެންޓޭޝަން މަސައްކަތަށްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

އެހެންނަމަވެސް ކަސްޓަމްސްއިން ދޭ ބައެއް ޚިދުމަތްތައް މާލެއިން ބޭރުގައި ދެވޭނެ ގޮތަށް އިންތިޒާމުތައް ހަމަޖެއްސުމުގެ ވިސްނުން ގެންގުޅުއްވާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާން ވިދާޅުވިއެވެ.  

ކިޔުންތެރިންގެ ހިޔާލު