ENGLISH
01 މާރިޗު 2026
މެދުއިރުމަތީގެ ގައުމުތަކުގައި ތިބި ދަރިވަރުންގެ ހާލަތު ގާތުން ދަނީ ބަލަމުން
01 މާރިޗު 2026
|
މަތީ މައުލީމާ ބެހޭ ވަޒީރު. ފޮޓޯ؛ވުޒާރާ
އެންމެ މަޤްބޫލު
މެދުއިރުމަތީގެ މަސްރަހު ގޯސްވެފައިވާ މި ދަނޑިވަޅުގައި ރާއްޖެއިން ބޭރުގައި ތިބި ދަރިވަރުންގެ ހާލަތު ގާތުން ބަލަމުންދާކަމަށާއި ދަރިވަރުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅެންހުރި ހުރިހައި ފިޔަވަޅުތަކެއް އަޅާނެކަމަށް މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވުޒާރާއިން ބުނެފި އެވެ.
ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭން ބޭރުގައި ތިބި ދިވެހި ދަރިވަރުންގެ ހާލުބަލައި، އެކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް ދިވެހި ސަރުކާރުން އަޅަމުން ދާކަމަށެެވެ. އަދި މަސްރަހު ވަރަށް ގާތުން ބަލަމުންދާ ކަމަށާއި، ދަރިވަރުންނަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމަށްޓަކައި ކަމާބެހޭ އިދާރާތަކާއި، ޑިޕްލޮމެޓިކް މިޝަންތަކާއި އަދި ތައުލީމީ މުއައްސަސާތަކާ މެދުކެނޑުމެއްނެތި މުއާމަލާތު ކުރެވެމުން ދާކަމަށް ވުޒާރާއިން ވަނީ ބުނެފަ އެވެ.
އެންމެ އިސްކަމެއް ދެނީ ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމަށާއި މި ނާޒުކު ދަނޑިވަޅުގައިވެސް، ދަރިވަރުންގެ ސަލާމަތާ ރައްކާތެރިކަމަށް އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އަޅާނެކަމަށް ވުޒާރާއިން ވަނީ ބުނެފަ އެެވެ.