ENGLISH
05 ޖުލައި 2025
މުހިއްމު އެއްބަސްވުމެއް: ދުބާއީ އާއި ބެންކޮކްގެ ތިން ހޮސްޕިޓަލަކުން އާސަންދަ ދިނުމަށް ސޮއިކޮށްފި
10 ޑިސެމްބަރު 2024
|
ެބެންކޮކް ހޮސްޕިޓަލްގެ ރީހެބިލިޓޭޝަން ސެންޓަރު: ޖެނުއަރީން ފެށިގެން އާސަންދައިގެ ދަށުން ޚިދުމަތް ލިބޭނެ
ދުބާއީ އާއި ބެންކޮކްގެ ތިން ހޮސްޕިޓަލަކުން އާސަންދަ ދިނުމަށް ސޮއިކޮށްފިއެވެ.
އާސަންދައިގެ ދަށުން ޚިދްމަތް ދިނުމަށް އެ ތިން ހޮސްޕިޓަލާއެކު އެއްބަސްވުމެއްގައި ސޮއިކުރީ މިއަދުއެވެ. އެއީ ދުބާއީގެ ބުރްޖީލް މެޑިކަލް ސިޓީ އާއި ބެންކޮކްގެ ވޯރލްޑް މެޑިކަލް ހޮސްޕިޓަލުގެ އިތުރުން ބެންކޮކްގެ ބެންކޮކް ހޮސްޕިޓަލެވެ.
އާސަންދައިގެ ދަށުން ޔޫއޭއީ އާއި ތައިލެންޑުން ޚިދްމަތް ދެވޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅެކެވެ. މި 3 ހޮސްޕިޓަލާއެކު އެއްބަސްވުމެއްގައި ސޮއިކުރެވުމުން އަންނަ އަހަރުގެ ޖެނުއަރީ 15އިން ފެށިގެން ކަނޑައެޅޭ އުސޫލްގެ ތެރެއިން މި ހޮސްޕިޓަލްތަކަށް ފަރުވާއަށް ފޮނުވަން ފަށާނެ ކަމަށް އާސަންދައިން ވިދާޅުވެއެވެ.