ENGLISH
28 ފެބްރުއަރީ 2026
ބިން ހަވާލު ނުކުރާތީ އެމްއޭސީއެލްއިން ކުރިއަށް ގެންދާ ޕްރޮޖެކްޓުތަކަށް ވެސް ހުރަސް އެޅޭ: ލަމްޢާން
28 ފެބްރުއަރީ 2026
|
ލަމްޢާން ރައީސް މުއިއްޒާއެކު. ފޮޓޯ؛ ސޯޝަލް މީޑިއާ
އެންމެ މަޤްބޫލު
އިދިކޮޅު ފިކުރުގެ ކައުންސިލުތަކުން ބިން ހަވާލު ނުކުރާތީ ސަރުކާރުން މޯލްޑިވްސް އެއާޕޯޓު ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާ ހަވާލުކޮށްގެން އަތޮޅުތެރޭގައި ކުރިއަށް ގެންދާ ޕްރޮޖެކްޓުތަކަށް ވެސް ހުރަސް އެޅިފައި ވާކަމަށް އެ ކުންފުނީ ޑެޕިއުޓީ މެނޭޭޖިން ޑިރެކްޓަރު މުހައްމަދު ލަމްޢާން ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންނެވި "ދިވެހީންގެރާއްޖެ" ތަރާވީހުގެ ތެރެއިން "އެމްއެމްޓީވީ"އަށް ދެއްވި ބަސްދީގަތުމެއްގައި ލަމްޢާން ވިދާޅުވީ ސަރުކާރާ ހިޔާލު ތަފާތުވާ ކައުންސިލު ތަކުން ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިކުރާކަމަށާއި އެމްއޭސީއެލްއާ ވެސް އެ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައި ވާކަމަަށެވެ.
"އަޅުގަނޑުމެންނާ ހަވާލުކޮށްގެން ސަރުކާރުން ރަށްރަށުގައި ކުރިއަށް މި ގެންދާ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކާއި ސްޕޯޓްސް ކޮމްޕްލެކްސްތަކަށް ބޭނުންވާ ބިން ހަވާލު ނުކޮށް އެބަ ތިބޭ ބައެއް ކައުންސިލުތަކުން. ރައީސް ބޭނުންފުޅުވަނީ އަވަސް ހިދުމަތެއް ރައްޔިތުންނަށް ދޭން. ނަމަވެސް އެ ކައުންސިލުތަކުން ކަންކުރާ ގޮތުން ކަންތައްތައް ލަސްވެގެން މިދަނީ. ވަރަށް މުހިންމުކަމެއް މިއީ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކާއި ސްޕޯޓްސް ކޮމްޕްލެކްސްތަކަށް ބޭނުންވާ ބިން ހަވާލު ނުކޮށް ހިފަހައްޓާ ހިފެހެއްޓުން. " - އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޭޖިން ޑިރެކްޓަރު މުހައްމަދު ލަމްޢާން
މި ޕްރޮޖެކްޓުތައް އަވަހަށް ހިންގުމަށް ފަސޭހަވެގެންދާނީ ޕީއެންސީ ފިކުރު ބަޔަކު ކައުންސިލުތަކަށް ހޮވައިގެންކަމަށް ލަމްޢާން ވިދާޅުވި އެވެ.
ބިން ހަވާލު ނުކުރާތީ އެމްއޭސީއެލްއިން ކުރިއަށް ގެންދާ ޕްރޮޖެކްޓުތަކަށް ވެސް ހުރަސް އެޅެމުންދާކަން ލަމްޢާން ފާހަގަކުރެއްވި އިރު ބިން ހަވާލުނުކޮށްގެން 57 މަޝްރޫޢުއެއް ނުފެށި އެބައޮތް ކަމަށާ އެއީ ޤަބޫލުނުކުރެއްވޭނެ ކަމެއް ނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ އެ ހަފްލާގެ ތެރެއިން ވިދާޅުވެފަ އެވެ.
ކަމުން ހުރިހާ ގެއްލުމެއް ލިބެނީ ރައްޔިތުންނަށް ކަމުގައި ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކައުންސިލުތަކުން އަޅާ ހުރަހުން ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ނުފުއްދި އޮތުމަކީ އެއްވެސް ހަމައަކުން ޤަބޫލުކުރެއްވޭނެ ކަމެއް ނޫނެވެ. އެހެން ކަމުން ސަރުކާރަށް އެއްބާރުލުން ދޭނެ ކައުންސިލްތަކެއް އިންތިޚާބު ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ރައީސް ވިދާޅުވި އެވެ.
އަދި އެގޮތަށް ނިންމައިފިނަމަ ވެވަޑައިގެންފައިވާ ވަޢުދުފުޅުތައް ފުއްދެވުމަށް ވަރަށް ފަސޭހަ ވާނެ ކަމުގައި ރައީސް ވިދާޅުވި އެވެ.