ENGLISH
28 ފެބްރުއަރީ 2026
އަންނަ މަހު ޒަކާތު ފަންޑު ސްކޮލަރޝިޕަށް ހުޅުވާލަނީ
28 ފެބްރުއަރީ 2026
|
ޒަކާތު ފަންޑުން މިދިޔަ އަހަރު ސްކޮލަރޝިޕް ލިބުނު ދަރިވަރުން. ފޮޓޯ؛ ޒަކާތު ހައުސް
އެންމެ މަޤްބޫލު
ޒަކާތު ފަންޑުން ދޫކުރާ ސްކޮލާޝިޕްތަކަށް އަންނަ މަހު ހުޅުވާލާނެ ކަމަށް ޒަކާތު ހައުސްއިން ބުނެފި އެވެ.
ޒަކާތު ފަންޑުން ސްކޮލަރޝިޕް ތައާރަފު ކުރީ 2018 ވަނަ އަހަރު ނަމަވެސް ސްކޮލަރޝިޕް ދޭން ފެށީ މިދިޔަ އަހަރުގެ ތެރޭގައެވެ. ޒަކާތު ހައުސްއިން މިދިޔަ އަހަރު 50 ސްކޮލަރޝިޕް ދީފައިވެއެވެ. 50 ސްކޮލަރޝިޕްގެ ތެރެއިން 20 ފުރުސަތު ދިނީ ރާއްޖޭގައި ކިޔެވުމަށެވެ. އަނެއް 30 ފުރުސަތު ދިނީ ރާއްޖެއިން ބޭރުގައި ކިޔެވުމަށެވެ.
ދައުލަތުގެ މީޑިއާއާ ވާހަކަ ދައްކަވަމުން ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް އައްޝައިޚް އިމްތިޠާއު ޢައްބާސް ވިދާޅުވެފައި ވަނީ ޒަކާތު ފަންޑުން ސްކޮލަރޝިޕް ދެނީ އިސްލާމީ ޢިލްމު ފުޅާކުރުމުގެ އިތުރުން މުޖުތަމަޢުއަށް ބޭނުންވާ މުހިއްމު ދާއިރާތަކުން ކިޔަވައިގެން ޤައުމަށް ޚިދުމަތް ކުރުމަށް ކަމަށެވެ.
މިދިޔަ އަހަރު އިސްލާމީ ދާއިރާތަކުން މަތީ ތައުލީމު ހާސިލުކުރުމަށްދޭ ފުލް ސްކޮލަރޝިޕް ވަނީ 17 ދަރިވަރަކަށް ދީފަ އެވެ. އަދި ޚާއްސަ ސްކޮލަޝިޕް 7 ދަރިވަރަކަށް ދީފައި ވެއެވެ.