ENGLISH
13 ޖޫން 2026
މަރުހޫމް ޢާސިފްގެ އާއިލާއާ ކޮމިޝަނަރ އޮފް ޕޮލިސް ބައްދަލުކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ ތަޢުޒިއާގެ މެސެޖް ރައްދުކޮށްދެއްވައިފި
13 ޖޫން 2026
|
އެންމެ މަޤްބޫލު
ފުލުހުންގެ ޚިދުމަތުގެ ޑިއުޓީގައި ހުންނަވަނިކޮށް ނިޔާވި ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޢާސިފްގެ އާއިލާއާ ކޮމިޝަނަރ އޮފް ޕޮލިސް ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަޢުޒިޔާގެ މެސެޖް ރައްދުކޮށްދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، މަރުހޫމް، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޢާސިފް ރަސްމީ ވާޖިބު އަދާކުރައްވަމުން ގެންދަވަނިކޮށް ވަކިވެދިޔުމަކީ އާއިލާއަށާއި މުޅި ގައުމަށް ލިބުނު ހިތާމައެއްކަން ފާހަގަ ކުރައްވާއި، ގައުމީ ވާޖިބު އަދާ ކުރެއްވުމުގައި ދެއްކެވި ސާބިތު ކަމާއި، އިހުލާސްތެރި މަސައްކަތުގެ އަގު ވަޒަން ކުރެއްވިއެވެ.
އަދި ހިތާމައިގެ މި ދަނޑިވަޅުގައި، ސަރުކާރުގެ ފަރާތުން އާއިލާއަށް ބޭނުންވާނެ އެންމެހައި އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެރުއްވިއެވެ.
މީގެއިތުރުން، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙްސާނާއި، ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންމެހައި މުވައްޒަފުންނާއި ކޮމިޝަނަރގެ އަމިއްލަ ނަންފުޅުގައިވެސް އާއިލާއަށް ތަޢުޒިޔާ ރައްދުކުރެއްވިއެވެ.
މަރުހޫމް އަޙްމަދު ޢާސިފް ގައުމަށް ކޮށްދެއްވި ޚިދުމަތް ފާހަގަކުރައްވައި، މަރުހޫމްގެ ޚިދުމަތާއި ވެވަޑައިގަތް ޤުރުބާނީގެ ހަނދާންތައް، ދިވެހި ފުލުހުންގެ ޚިދުމަތުން އަބަދުވެސް އާކުރާނީ އިހުތިރާމާއި ޝަރަފާއެކުކަން ކޮމިޝަނަރ ތަކުރާރުކުރެއްވިއެވެ.
ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ޢާސިފް ނިޔާވީ ޖޫން 11 ވަނަ ދުވަހުގެ ދަންވަރު ފުލުހުންގެ ރަސްމީ ވާޖިބު އަދާކުރައްވަމުން ގެންދަވަނިކޮށެވެ.
ފުލުހުން ބުނީ ޢާސިފްގެ ވަކިވެދިއުމަކީ މުއައްސަސާއަށާއި، ވަފާތެރިކަމާއެކު އޭނާ ޚިދުމަތްކުރެއްވި މި ޤައުމަށް ލިބުނު ފުން ހިތާމައެއް ކަމަށެވެ.