ENGLISH

19 އޭޕްރީލު 2025

Advertisement

ރާއްޖެ މާލީ އަނދަވަޅަކަށް ވައްޓާލި ކޮންމެ ފަހަރަކު ވެސް އެކަން ކުރީ އެމްޑީޕީން: މިނިސްޓަރ ސަޢީދު

10 ޑިސެމްބަރު 2024

|

އަހުމަދު ސައީދު

އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓަރ މުޙައްމަދު ސަޢީދު-- ފޮޓޯ/ އެމްއެމްޓީވީ

ރާއްޖެ މާލީ އަނދަވަޅަކަށް ވައްޓާލި ކޮންމެ ފަހަރަކު ވެސް އެކަން ކުރީ، މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ކަމާއި، ޑޮލަރުގެ އަގު ބޮޑުވާން ދިމާވީ ވެސް ކުރީ ސަރުކާރުން ފައިސާ ޗާޕުކުރުމުގެ ސަބަބުން ކަމަށް، އިކޮނޮމިކް ޑިވެވެލޮޕްމަންޓް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

އެމްއެމްޓީވީގެ "ރައްޔިތުންގެ ދިފާޢުގައި" ޕްރޮގްރާމުގައި މިއަދު ވާހަކަ ދައްކަވަމުން، ސަޢީދު ވިދާޅުވީ ރައްޔިތުންނަށް އެމްޑީޕީގެ ސަރުކާރުން ދިން އެންމެ ބޮޑު އަނިޔާ އަކީ އަށް ބިލިއަން ރުފިޔާ ޗާޕުކުރުމުގެ ސަބަބުން ޑޮލަރުގެ އަގު އުފުލިގެން ދިއުން ކަމަށެވެ. 

"މިހުރިހާ ހަޑިއެއް ހެދީމަ ނޫންތޯ މިއަދު ޑޮލަރުގެ މައްސަލަ އުފެދިގެން މި އުޅެނީ. މިއީ ނޫންތޯ؟ ރައްޔިތުންނަށް އެބޭފުޅުން ދިން އަނިޔާ އަކީ މިއަށްވުރެ ބޮޑު އަނިޔާއެއް ރައްޔިތުނަން ދެވޭނެތޯ؟ މި އަނިޔާ ދީފައި އަނިޔާ ނުދޭ ކަމަށް ހަދަން،" ސައީދު ނުރުހުން ފާޅުކުރެއްވިއެވެ.

އެމްޑީޕީގެ މެޖޯރިޓީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އޮތްއިރު، މާލިއްޔަތުގެ ޤާނޫނުގައި ތަޅު އަޅުވައި އަށް ބިލިއަން ރުފިޔާ ޗާޕުކޮށް، އެއީ ސެންޓަރަލް ބެންކަށް ދައްކަން ނުޖެހޭ އެއްޗެއްގެ ގޮތުގައި ހަދަން ވެސް މަަސައްކަތް ކުރި ކަމަށް ސަޢީދު ވިދާޅުވި އެވެ. މިދިޔަ އަހަރު ނިމުނުއިރު، ދައުލަތުގެ ދަރަނި ހުރީ 124 ބިލިއަން ރުފިޔާގައެވެ. 

"މާލީ ދައްޗަކަށް ރާއްޖެ ވައްޓާލި ކޮންމެ ފަހަރަކު ވެސް ވެރިކަން ކޮށްފައި އޮންނާނީ އެމްޑީޕީން، އެ ވައްޓާލާ ދަތި ހާލަތުން ސަލާމަތް ކުރުމަށް ކޮންމެ ފަހަރަކު ވެސް މަސަަކަތްކޮށްފައި އޮންނަނީ މި ޕާޓިން،" ސަޢީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެމްޑީޕީން ފައިސާ ޗާޕުކޮށް އެ ފައިސާއިން އެތައް ބަޔަކަށް ނުހައްގުން ބަދަލު ދީފައިވާ ކަމަށެވެ. އަދި ސަރުކާރުގެ ކުންފުނިތަކުން ސިޔާސީ ބޭނުމުގައި ވަޒީފާދީ، ދައުލަތުގެ މާލީއްޔާތުން އިޝްރާފު ކޮށްފައިވާ ކަމަށް ސަޢީދު ވިދާޅުވިއެވެ.  

ކިޔުންތެރިންގެ ހިޔާލު