ENGLISH
28 ފެބްރުއަރީ 2026
ސަރުކާރުގެ ޕްލޭނަކީ ދަރަވަންދޫ އެއާޕޯޓް އިތުރަށް ތަރައްޤީކުރުން: އަމީން
27 ފެބްރުއަރީ 2026
|
ދަަރަވަންދޫ އެއާޕޯޓް --
އެންމެ މަޤްބޫލު
ސަރުކާރުގެ ޕްލޭނަކީ ބ. ދަރަވަންދޫ އެއާޕޯޓް އިތުރަށް ތަރައްޤީކުރުން ކަމުގައި މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުޙައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ހަނިފަރަށް ގެއްލުންވާ ގޮތަށް ދަރަވަންދޫ ހިއްކަން ނިންމާފައިވާ ކަމަށާ އެއާޕޯޓްގެ ތަރައްޤީއަށް ސަރުކާރުން އިސްކަން ނުދޭ ކަމަށް ބުނެ މީޑިއާތަކުގައި ދައުރުވަމުންދާ ވާހަކަތަކާއި ގުޅިގެންނެވެ.
އަމީން ވިދާޅުވި ގޮތުގައި އެ ވާހަކަތަކަކީ ސައްހަ ވާހަކަތަކެއް ނޫނެވެ. އަދި ސަރުކާރުގެ ޕްލޭނަކީ ދަރަވަންދޫ އެއާޕޯޓް ތަރައްގީކުރުން ކަމުގައި ވިދާޅުވި އެވެ. ޚާއްސަކޮށް ޓާމިނަލް ތަރައްޤީ ފާހަގަ ކުރެއްވި އެވެ. އަދި ދަތުރުވެރީންނަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ޚާއްސަ މަސައްކަތްތަކެއް ކުރަން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. އަބްދުﷲ މުއްޠަލިބު ވެސް ވަނީ މިކަމާއި ގުޅޭގޮތުން ޕޯސްޓެއް ކުރައްވާފަ އެވެ.
ޚާއްސަކޮށް ހަނިފަރަށް ގެއްލުންވާ ގޮތަށް ދަރަވަންދޫ ހިއްކަން ނިންމާފައިވާ ދެކެވޭ ވާހަކަތައް ސާފުކޮށް ދެއްވި އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި އެ ރަށު ފަޅު ހިއްކުމާއި ގުޅޭ ޕްލޭނެއް ގެ މަސައްކަތް މިދިޔަ އަަހަރުގެ މެދުތެރޭގައި ކުރެވުނެވެ. ނަމަވެސް ބިން ހިއްކުމާއި ގުޅޭ މަޝްރޫޢުއެއް ކުރިއަށް ގެންދަން ނިންމާފައެއް ނުވެ އެވެ.
އަދި އެފަދަ މަޝްރޫޢުއެއް ކުރިއަށް ގެންދާނީ ކަމާގުޅޭ އިދާރާތަކާއި ކައުންސިލަށް ވެސް ހިއްސާކުރުމަށް ފަހު ކަމަށް ވިދާޅުވި އެވެ.
ދަރަވަންދޫ އެއާޕޯޓަށް މިދިޔަ 12 ވަރަކަށް އަހަރު ސަރުކާރުތަކުން އަޅައިނުލައި އޮތުމަކީ އެ ރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެ ރަށު އެއާޕޯޓް ތަރައްޤީކޮށް ދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފަ އެވެ.