ENGLISH
27 ފެބްރުއަރީ 2026
އަމިއްލަވަންތަ މިނިވަން ޤައުމެއްގެ ގޮތުގައި ދެމިތިބުމަށް އޮތް އެންމެ އާރުލާ އެއް ސަބަބަކަށް ވާނީ ދިވެހި ތާރީޚް: ރައީސް
27 ފެބްރުއަރީ 2026
|
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު
އެންމެ މަޤްބޫލު
ދިވެހީން މިވަޠަނުގައި ދިިރިއުޅޭތާ އެތައް ސަތޭކަ އަހަރު ވެފައިވާ ކަމަށް ހެކިދެނީ ދިވެހި ތާރީޚު ކަމަށާއި އަމިއްލަވަންތަ މިނިވަން ޤައުމެއްގެ ގޮތުގައި، އަންނަން އޮތް ޒަމާންތަކުގައި އަޅުގަނޑުމެން ދެމިތިބުމަށް އޮތް އެންމެ އާރުލާ އެއް ސަބަބަކަށް ވާނީ ވެސް ދިވެހި ތާރީޚު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ޤައުމީ ތާރީޚުގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި، މާޒީގެ ވާހަކަތަކުގެ ޖުމްލަތަކާއި ތަސްވީރުތަކާއި ޤަދީމީ އާސާރުތަކުން އެތައް ވާހަކަތަކާއި އިބްރަތްތަކާއި ޙިކްމަތްތައް ލިިބިގެންދާކަމަށް ވިދާޅުވި އެވެ. އަދި، ދިވެހިން މި ފަޚުރުވެރި ޤައުމުގައި އުޅޭތާ އެތަކެއް ސަތޭކަ އަހަރު ވެފައިވާކަން ތާރީޚުން ހެކިދޭކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ހަަމައެހެންމެ، އަންނަން އޮތް ޖީލުތަކަށް މިނިވަން، އަމިއްލަވަންތަ ޤައުމެއްގެ ގޮތުގައި އޮތުމަށް އޮތް އެންމެ ބޮޑު ސަބަބަކީ ދިވެހި ތާރީޚު ކަަަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ދިވެހި ތާރީޚާއި ތަރިކަ ރައްކާތެރިކޮށް، ތާރީޚާއި ތަރިކައިގެ އިލްމު ފުޅާކޮށް، އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަށް ސަރުކާރުން ވަނީ ގިނަ މަޝްރޫޢުތަކެއް ފައްޓަވާފަ އެވެ. މިއީ މިފަދަ ގިނަ މަޝްރޫޢުތަކެއް އެކުއެކީގައި ކުރިއަށް ގެންދެވޭ ފުރަތަމަ ފަހަރެވެ.