ENGLISH
27 ފެބްރުއަރީ 2026
މާމިގިލީގައި ޤާސިމް އިބްރާހިމް ބިނާކުރެއްވި "މަސްޖިދު އިބްރާހީމް" ހުޅުވައިފި
27 ފެބްރުއަރީ 2026
|
މާމިގިލީގައި ބިނާކުރި މަސްޖިދް އިބްރާހިމް މިސްކިތް ހުޅުވުން-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
އެންމެ މަޤްބޫލު
ވިޔަފާރިވެރިޔާ އަދި މާމިގިލި ދާއިރާގެ ޢިއްޒަތްތެރި މެމްބަރު އޮނަރަބަލް ޤާސިމް އިބްރާހިމް އދ. މާމިނގިލީގައި ބިނާކުރި މިސްކިތް 'މަސްޖިދު އިބްރާހިމް' މިއަދު ހުޅުވައިފި އެވެ.
މި މިސްކިތް ހުޅުވައިދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާއި އޮނަރަބަލް ޤާސިމް އިބްރާހިމް އެވެ. މި މިސްކިތް ހުޅުވުމަށްޓަކައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތުގައި އޮނަރަބަލް ޤާސިމް އިބްރާހިމާއި، މާމިގިލީގެ ކައުންސިލްގެ އިސްވެރިންނާއި ރައްޔިތުން ބައިވެރިވެލައްވާފައިވެ އެވެ.
މާމިގިލީގައި ބިނާކުރި މަސްޖިދް އިބްރާހިމް މިސްކިތް ހުޅުވުން-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
މި މިސްކިތް ހުޅުވައިދެއްވާ، މިސްކިތުގައި މިއަދު އިމާމުވެ ހުކުރު ނަމާދު ކުރެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު އެވެ.
މި މިސްކިތަކީ 800 މީހުންގެ ޖާގައިގެ، ދެ ޖިންސްގެ މީހުންނަށް ވަކިން ނަމާދުކޮށް ވުޟޫ ކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވާ މިސްކިތެކެވެ. މީގެ އިތުރުން މި މިސްކިތްވަނީ އޭސީވެސް ކޮށްފަ އެވެ.
މާމިގިލީގައި ބިނާކުރި މަސްޖިދް އިބްރާހިމް މިސްކިތް ހުޅުވުން-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ސަރުކާރުގެ ޚަރަދުގައި ޢިމާރާތްކުރި ބައެއް މިސްކިތްތަކާއި، އަމިއްލަ ފަރާތްތަކާއި ގުޅިގެން ޢިމާރާތްކުރި މިސްކިތްތައް ހިމެނޭހެން މި ރަމަޟާން މަހަށް 15 މިސްކިތެއް ހުޅުވާފައިވާކަން ފާހަގަކޮށްލެވެ އެވެ.