ENGLISH
27 ފެބްރުއަރީ 2026
މާލެއިން ހުޅުމާލެއަށް ކުނި ބަރުކޮށްގެންދިޔަ ޕިކަޕެއް ފުރޮޅާލައިފި
27 ފެބްރުއަރީ 2026
|
ސިނަމާލެ ބްރިޖް މަތިން ކުނި ބަރުކޮށްގެން ދިޔަ ފިކަޕެއް ފުރޮޅާލުން-- ފޮޓޯ: ޕީއެސްއެމް
އެންމެ މަޤްބޫލު
ސިނަމާލެ ބްރިޖް މަތިން މާލެއިން ހުޅުމާލެއަށް ކުނި ބަރުކޮށްގެން ދަތުރުކުރަމުންދިޔަ ޕިކަޕެއް މިއަދު ހެނދުނު ފުރޮޅާލައިފި އެވެ.
ފުލުހުން ބުނީ، މި ހާދިސާ ހިނގިކަމުގެ މައުލޫމާތު އެ އިދާރާއަށް ލިބިފައިވަނީ މިއަދު ހެނދުނު ގާތްގަނޑަކަށް 9:45 ހާއިރު ކަމަށެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި، ޕިކަޕު ފުރޮޅާލަން މެދުވެރިވީ ދުއްވަމުން ދަނިކޮށް ފުރޮޅެއް ފަޅައިގެން ގޮސް، ބްރިޖުގެ ފެންސުގައި ޖެހި އަރި އަޅާލުމުގެ ސަބަބުންނެވެ.
މި މައްސަލައާ ގުޅިގެން އިތުރަށް ތަހުގީގު ކުރަންޖެހޭ ކަންކަން ފުލުހުން މިހާރު އަންނަނީ ބަލަމުން ކަމަށް އެ ހިދުމަތުން ބުންޏެވެ.