ENGLISH
27 ފެބްރުއަރީ 2026
ލާމަރުކަޒީ ނިޒާމު ހަގީގީ މާނާގައި ތަންފީޒުކުރަނީ މިސަރުކާރުން: ރައީސް
27 ފެބްރުއަރީ 2026
|
މިރޭގެ ޖަލްސާގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ --
އެންމެ މަޤްބޫލު
ލާމަރުކަޒީ ނިޒާމު ހަގީގީ މާނާގައި ތަންފީޒުކުރަނީ މި ސަރުކާރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
އާޓިފިޝަލް ބީޗުގައި މިރޭ އޮތް "ދިވެހީންގެރާއްޖެ ތަރާވީސް" ގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅުވަނީ ހަޤީޤީ މާނާގައި ލާމަރުކަޒީ ނިޒާމު ޗެމްޕިއަން ކުރުމަށެވެ. ނިމިދިޔަ ދެ އަހަރު އެމަނިކުފާނު މަސައްކަތް ކުރެއްވީ އެގޮތަށް ކަމުގައި ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރަށްރަށުގައި އޭޓީއެމްތައް ހުޅުވާ ހުރިހާ ރަށެއްގައި ފިޓްނަސް ސެންޓަރުތަކާއި އައުޓް ޑޯ ޖިމް އަދި ކުޑަކުދީންގެ ޕާކުތައް ހަދަމުންދާ ކަމަށެވެ. އަދި ކައުންސިލް އިދާރާތައް އިމާރާތް ކުރުމާއި ކައުންސިލްތައް ބާރުވެރިކުރުވާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކަށް ޤާނޫނީ ބާރުވެރިކަން ހޯދައިދީފައިވާކަން ރައީސް ފާހަގަ ކުރެއްވި އެވެ.
އެމަނިކުފާނު ވިދާޅުވީ ކޮންގްރެސް ޕާޓީއަކީ ލާމަރުކަޒީ ނިޒާމު އެންމެ ފުރިހަމައަށް ޤަބޫލުކުރާ ޕާޓީ ކަމަށެވެ. އަދި އެ ނިޒާމު އަމަލީ ގޮތުން ތަންފީޒުކުރި ހަމައެކަނި ސަރުކާރަކީ މިއީ ކަމަށެވެ.
"ލާމަރުކަޒީ ނިޒާމު ހަގީގީ މާނާގައި ތަންފީޒު މިކުރަނީ އަޅުގަނޑުމެން މި ސަރުކާރުން. އެކަން އަޅުގަނޑު ފަޚުރުވެރިކަމާއެކު ފާހަގަ ކުރަން," ރައީސް ވިދާޅުވި އެވެ.