ENGLISH
27 ފެބްރުއަރީ 2026
ބިން ހަވާލުނުކޮށްގެން 57 މަޝްރޫޢުއެއް ނުފެށި އެބައޮތް: ރައީސް
27 ފެބްރުއަރީ 2026
|
މިރޭގެ ޖަލްސާގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ --
އެންމެ މަޤްބޫލު
ބިން ހަވާލުނުކޮށްގެން 57 މަޝްރޫޢުއެއް ނުފެށި އެބައޮތް ކަމަށާ އެއީ ޤަބޫލުނުކުރެއްވޭނެ ކަމެއް ނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އަދި ކޮންގްރެސް ޕާޓީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފި އެވެ.
އެމަނިކުފާނު މިކަަމަށް އެދިވަޑައިގެންނެވީ "ދިވެހީންގެރާއްޖެ ތަރާވީސް" ގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިރޭ އާޓިފިޝަލް ބީޗުގައި އޮތް ތަރާވީސް ގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އިދިކީލަ ކައުންސިލްތަކެއް އޮތުމަކީ ސަރުކާރުން ބޭނުންވާ ސްޕީޑްގައި ތަރައްޤީ ގެނައުމަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ.
މިހާރުވެސް އެކަން ތަޖުރިބާ ކުރެއްވިފައިވާ ކަމަށް ވިދާޅުވި އެވެ. އެގޮތުން ރައީސް ވިދާޅުވީ ކައުންސިލްތަކުން ބިން ހަވާލުނުކޮށްގެން މިވަގުތުވެސް 57 މަޝްރޫޢުއެއް ނުފެށި އެބައޮތް ކަމަށެވެ. އެކަމުން ހުރިހާ ގެއްލުމެއް ލިބެނީ ރައްޔިތުންނަށް ކަމުގައި ރައީސް ވިދާޅުވި އެވެ. އަދި އެއީ ޤަބޫލުކުރެއްްވޭނެ ކަމެއް ނޫން ކަމުގައި ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކައުންސިލުތަކުން އަޅާ ހުރަހުން ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ނުފުއްދި އޮތުމަކީ އެއްވެސް ހަމައަކުން ޤަބޫލުކުރެއްވޭނެ ކަމެއް ނޫނެވެ. އެހެން ކަމުން ސަރުކާރަށް އެއްބާރުލުން ދޭނެ ކައުންސިލްތަކެއް އިންތިޚާބު ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ރައީސް ވިދާޅުވި އެވެ.
އަދި އެގޮތަށް ނިންމައިފިނަމަ ވެވަޑައިގެންފައިވާ ވަޢުދުފުޅުތައް ފުއްދެވުމަށް ވަރަށް ފަސޭހަ ވާނެ ކަމުގައި ރައީސް ވިދާޅުވި އެވެ.