ENGLISH
27 ފެބްރުއަރީ 2026
ރަސްމާލެއިން ހުޅުމާލެ ދެ ފިޔަވައްސާ އެއްވަރުގެ ބިން ހިއްކައިފި: ރައީސް
27 ފެބްރުއަރީ 2026
|
ރަސްމާލެ ހިއްކުމުގެ މަޝްރޫޢު ކުރިއަށްދާ ގޮތް ރައީސް ބައްލަވާލައްވަނީ --
އެންމެ މަޤްބޫލު
ރަސްމާލެއިން 385 ހެކްޓަރުގެ ބިން ހިއްކާ ނިމިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ރާއްޖެއަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް އެއް ސަރަޙައްދަކުން އެންމެ ބޮޑު ޙައްލެއް ލިބޭނެ މަޝްރޫޢެއްގެ ގޮތުގައި ސަރުކާރުން ކުރިއަށްގެންދަވާ ރަސްމާލޭ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ބާރު ސްޕީޑްގައި އެބަ ކުރިއަށް ދެ އެވެ.
މިރޭ އޮތް ކޮންގްރެސް ޕާޓީގެ "ދިވެހީންގެ ރާއްޖެ ތަރާވީސް" ގައި ރައީސް ވަނީ ރަސްމާލެ ހިއްކުމުގެ މަސައްކަތުގެ އަދާހަމަ ހިއްސާ ކުރައްވާފަ އެވެ. ރައީސް ވިދާޅުވި ގޮތުގައި ރަސްމާލެއިން 385 ހެކްޓަރުގެ ބިން ހިއްކާ ވަނީ ނިމިފަ އެވެ. އެއީ ހުޅުމާލެ ދެ ފިޔަވައްސާ އެއްވަރުގެ ބިން ކަމުގައި ވިދާޅުވި އެވެ.
ބޯހިޔާވަހިކަމުގެ މައްސަލައަށް އިންޤިލާބީ ބަދަލެއް ގެނައުމަށް ސަރުކާރުން ކުރިއަށްގެންދަވާ މިމަޝްރޫޢުގައި ބިން ހިއްކަމުންދަނީ އެކި ސަރަޙައްދުތައް، އެކި މަރުޙަލާތަކަށް ބަހާލައިގެންނެވެ. މީގެ ތެރެއިން ތިން ހަތަރު ސަރަޙައްދެއްގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާއިރު ބައެއް ސެގްމަންޓްތައް ވަނީ އެއްކޮށް ހިއްކާ ނިންމާފަ އެވެ.
ރައީސް ވިދާޅުވީ އަމާޒަކީ އޭޕްރީލްގެ ނިޔަލަށް މުޅި މަޝްރޫޢު ނިންމުމެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ރަސްމާލޭގައި ހިއްކޭ ބިމުން 15000 ގޯތި ދޫކުރުމަށް ނިންމާ އެކަން އިއުލާނު ކުރައްވާފަ އެވެ.
ފުށިދިއްގަރުފަޅުގައި ރަސްމާލެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެއްޓެވީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ. ތިމާވެއްޓާ ރައްޓެހި "އިކޯ ސިޓީ" އެއްގެގޮތުގައި ތަރައްޤީކުރާ ރަސްމާލެ ތަރައްޤީކުރުމަށް 1،009 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފަ އެވެ.