ENGLISH

28 ފެބްރުއަރީ 2026

Advertisement

ގިރާވަރު ފަޅުން 15 ހެކްޓަރު ހިއްކާ ނިމިއްޖެ

26 ފެބްރުއަރީ 2026

|

ހަނާން އަހުމަދު ނައީމް

ގިރާވަރު ފަޅު ހިއްކުން ކުރިޔަށް

ގިރާވަރު ފަޅުން 5 ހެކްޓަރު ހިއްކާ ނިމިފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.

ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ފަށާފައި ވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ.

ގިރާވަރު ފަޅުން ޖުމްލަ 167.15 ހެކްޓަރު ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އެމްއޭސީއެލް އިން މިދިޔަ މަހު ހިއްކަން ފަށާފައިވަނީ ނުހިއްކާ ބާކީ އޮތް 97.15 ހެކްޓަރުގެ ބިމެވެ. އަދި މިހާތަނަށް 15 ހެކްޓަރު ހިއްކާ ނިމިފައިވާ ކަމަށް ވެސް އެމްއޭސީއެލް އިން ބުނެފައިވެއެވެ. މިއީ ހިއްކަން ހަމަޖެހިފައިވާ ބިމުގެ 15.44 އިންސައްތައެވެ.

މާލޭ ރައްޔިތުންނަށް ގޯތި ދޫކޮށްފައިވާ ގިރާވަރު ފަޅު މިހާރު ހިއްކަމުންދަނީ 2 ޑްރެޖަރު ބޭނުންކޮށްގެންނެވެ. އެއީ ކުއީން އޮފް ދި ނެދަލޭންޑްސްއާއި އޮރެންޖީއެވެ.

ކުއީން އޮފް ދި ނެދަލޭންޑްސްއަކީ އެއްފަހަރާ 35،500 ކިޔުބިން މީޓަރުގެ ބިން ހިއްކޭ އަދި އޮރެންޖީއަކީ އެއްފަހަރާ 22،000 ކިޔުބިން މީޓަރުގެ ބިން ހިއްކުމުގެ ގާބިލްކަން ހުންނަ ޑްރެޖަރެއްކަމަށް އެމްއޭސީއެލްއިން ބުނެއެވެ.

މާލެ ސަރަޙައްދުގައި ކުރިއަށްގެންދާ ބިންހިއްކުމުގެ މަސައްކަތްތަކުގެ ތެރެއިން ދެން އެންމެ އަވަހަށް ނިމިގެންދާނީ ގިރާވަރުފަޅު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މީގެކުރިން ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު