ENGLISH

26 ފެބްރުއަރީ 2026

Advertisement

ރައީސް އިޢުލާނު ކުރައްވާފައިވާ ގޮތަށް މި ރޯދައަށް 15 މިސްކިތް ހުޅުވައިފި

26 ފެބްރުއަރީ 2026

|

އަޙުމަދު ޙަމީދު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު --

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާނު ކުރައްވާފައިވާ ގޮތަށް މި އަހަރުގެ ރަމަޟާން މަހުގެ މިހާތަނަށް 15 މިސްކިތް ހުޅުވާފައިވާ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ބުނެފި އެވެ.

މި އަހަރުގެ ރަމަޟާން މަހަށް މުޅިން އަލަށް 15 މިސްކިތް ހުޅުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާނު ކުރެއްވީ މި އަހަރުގެ ރިޔާސީ ބަޔާނުގަ އެވެ.

އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު މިއަދު ވިދާޅުވީ ރައީސް އިޢުލާނު ކުރެއްވި ގޮތަށް 15 މިސްކިތް ވަނީ ރޯދައަށް ހުޅުވާފައި ކަމަށެވެ. އޭގެ ތެރޭގައި ސަރުކާރުން ބިނާކުރި މިސްކިތްތަކާއި އަމިއްލަ ފަރާތްތަކުން ބިނާކުރި މިސްކިތްތައް ހިމެނޭކަން ވަޒީރު ފާހަގަ ކުރެއްވި އެވެ.

އަދި ވިދާޅުވީ ރޯދަ މަސް ނިމޭއިރަށް ހުޅުވޭ މިސްކިތްތަކުގެ އަދަދު ވިއްސަށް އަރާނެ ކަމަށް ބެލެވޭ ކަމަށެވެ. އޭގެ ތެރެއިން ބައެއް މިސްކިތްތައް ރޯދަ މަސް ނިމުމުގެ ކުރީން ވެސް ހުޅުވޭނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި މިސްކިތްތައް ބެލެހެއްޓުމާއި މާރަމާތު ކުރުމާއި މިސްކިތްތައް ބިނާކުރުމަށް ވަރަށް ޚާއްސަ ސަމާލު ކަމެއް ދެއްވަމުން ގެންދަވަ އެވެ. ޚާއްސަކޮށް ބައު މިސްކިތްތަކުގެ ބަދަލުގައި ޒަމާނީ މިސްކިތްތައް ބިނާކުރުމުގެ ބޮޑު މަޝްރޫޢުއެއް ދަނީ ހިންގަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާއި އެއްގޮތަށް މާލެ ސަރަޙައްދުގައި ހުރި ބޮޑެތި މިސްކިތްތަކުގެ މައި ހޯލާއި އަންހެނުން ނަމާދުކުރާ ބައި އޭސީކޮށް ނިންމާ ބޭނުންކުރަން ވެސް މި ރޯދަ މަހު ވަނީ ފަށާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު