ENGLISH

26 ފެބްރުއަރީ 2026

Advertisement

ނަޝްވާ، ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ޗެއާޕާސަންކަމުން ވަކިކޮށްފި

26 ފެބްރުއަރީ 2026

|

އަޙުމަދު ޙަމީދު

ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ ޗެއާޕާސަންކަމުގެ މަގާމުން ވަކިކުރެއްވި ނަޝްވާ --

ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ ޗެއާޕާސަންކަމުގެ މަގާމުން ގ. ރޯސްއައިލެންޑް، ނަޝްވާ ޢަބްދުﷲ ވަކިކޮށްފި އެވެ.

އެކަން ކުންފުނިތަކުގެ ބެލެނިވެރި ފަރާތްކަމުގައިވާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވަނީ ހާމަކޮށްފަ އެވެ.

އެކްސްގައި ކުރި ޕޯސްޓެއްގައި ޕީސީބީން ބުނި ގޮތުގައި ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ ޗެއާޕާސަންކަމުގެ މަގާމުންނާއި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމުން ނަޝްވާ ޢަބްދުﷲ މިއަދުން ފެށިގެން ވަނީ ވަކިކޮށްފަ އެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވަޢުދުގެ ދަށުން ރައްޔިތުންނަށް އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަގްސަދުގައި އުފައްދާފައި ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ ހުޅުމާލޭގައި 4,000 ފްލެޓް ތަރައްގީކޮށްފަ އެވެ. އެ ފްލެޓްތައް އަވަހަށް ނިންމާ މި ސަރުކާރުން ވަނީ އެ ފްލެޓްތަކަށް މީހުންނަށް ވަދެވޭނެ ގޮތް ހަމަޖައްސާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު