ENGLISH
19 އޭޕްރީލު 2025
އައްޑޫ ކިނބިިވައު ސަރަހައްދު މޫދަށް ކްލޮރިން އެޅުމުން، ކަނޑުގެ ދިރުންތައް މަރުވެގެން ލައްގަނީ
10 ޑިސެމްބަރު 2024
|
ލައްގާފައިވާ ބައެއް ދިރުންތައް. ފޮޓޯ: އައްޑޫ ނޭޗާ ޕާކް
އައްޑޫ ހިތަދޫ ފުއްޓަރު ފަރާތުގައި އޮންނަ ކިނބިވައު ސަރަހައްދުގެ މޫދަށް ބަޔަކު ގިނަ އަދަދަކަށް ކްލޮރިން އެޅުމުގެ ސަބަބުން އެ ސަރަހައްދު މޫދުގައި އުޅޭ ތަފާތު އެކި ވައްތަރުގެ ދިރުންތައް މަރުވެގެން އެ ސަރަހައްދުގެ އަތިރިމައްޗަށް ލައްގަން ފަށަފިއެވެ.
"އައްޑޫ ނޭޗާ ޕާކް"ގެ ފޭސަބުކް ޕޭޖުގައި އާއްމުކުރި ބަޔާނެއްގައި ވާގޮތުން، މަރުވެގެން ލައްގާފައިވާ ގިނަ ދިރުންތަކަކީ އާއްމުކޮށް އެސަރަހައްދަށް ޒިޔާރަތްކުރާއިރު ފެންނަ ދިރުންތަކެއް ނޫނެވެ. ފެނުނު ގިނަ ދިރުންތަކުގެ ތެރޭގައި ހިމެނެނީ ކުދި ބޯވަ، ކުދި ޑިނގާ، ކަކުނި، ބޯވަދިލަމަސް އަދި މިނޫންވެސް އެކި ކަހަލަ ކުދި މަހެވެ.
ފޮޓޯ: އައްޑޫ ނޭޗާ ޕާކް
އިއްޔެ ހެނދުނުން ފެށިގެން މިހާތަނަށް އެތައް ސަތޭކަ ކަނޑުގެ ދިރުމެއް މަރުވެގެން އެ ސަރަހައްދަށް ލައްގާފައިވެއެވެ. އޮއިވަރުގެ ބަދަލު އަންނަ ގޮތުން އަދި އިތުރު މަސްތައް މި ސަރަހައްދަށް ލެއްގުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.
ސޯޝަލް މީޑިޔާގައި ދައުރުވާ ބައެއް ފޮޓޯތަކުން ފެންނަ ގޮތުން އެ ކްލޮރިން ހުސްކުރި 25 ކިލޯގެ 15 ވަރަކަށް ފާޓާ އެ ސަރަހައްދަށް އުކާލާފައިވެއެވެ. އެހެންކަމުން މިއީ ބަޔަކު ގަސްދުގައި ކޮށްފައިވާ ކަމެއް ކަމަށް ބެލެވެެއެވެ.
ފޮޓޯ: އައްޑޫ ނޭޗާ ޕާކް
އެންވަޔަރްމެންޓް ޕޮރޮޓެކްޝަން އެޖެންސީ (އީޕީއީ) އިން މައުލޫމާތު ދިން ގޮތުގައި ފުލުހުންނާ ގުޅިގެން އެ މައްސަލަ މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.