ENGLISH
26 ފެބްރުއަރީ 2026
އިދިކޮޅަށް މެޖޯރިޓީ ދީފި ނަމަ އުޅެނީ ސަރުކާރު ހުއްޓުވަން: ނަރީޝް
26 ފެބްރުއަރީ 2026
|
އެމްއެމް ޓީވީގެ ބޮޑު ޚަބަރު ޕްރޮގްރާމްގައި ނަރީޝް ވާހަކަދައްކަވަނީ. ފޮޓޯ: އެމްއެމް
އެންމެ މަޤްބޫލު
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުތަކާއި ކައުންސިލް އިންތިހާބުތަކުގައި އިދިކޮޅު ފަރާތްތަކަށް މެޖޯރިޓީ ލިބޭ ކޮންމެ ފަހަރަކު ސަރުކާރު ހުއްޓުވާލަން މަސައްކަތް ކުރާކަމަށް ޔޫތު މިނިސްޓްރީގެ އެޑްވައިޒަރ އަހުމަދު ނަރީޝް ވިދާޅުވެއްޖެ އެވެ.
"އެމްއެމްޓީވީ"ގެ ދިވެހީންގެ ރާއްޖެ ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ނަރީޝް ވަނީ އިދިކޮޅު އެމްޑީޕީގެ ވެރިކަންތަކުގައިވެސް ކައުންސިލް އިންތިހާބުތަކުގައާއި، މަޖިލިސް އިންތިހާބުތަކުގައި ސަރުކާރަށް މެޖޯރިޓީ ލިބުމަށް ގޮވާލާކަން ފާހަގަކުރައްވާފަ އެވެ.
ނަރީޝް ވިދާޅުވީ ދިވެހިރާއްޖޭގައި ޑިމޮކްރަސީގެ ނިޒާމު ގާއިމްކުރެވުނު ހިސާބުން އަބަދުވެސް ސަރުކާރު ޖަވާބުދާރީ ކުރުމުގެ ވާހަކަ ދެކެވޭ ކަމަށެވެ.
"ކަން ހިނގާ ގޮތް އަލުގަނޑުމެން ދިޔައީ ބަލަމުން. ސަރުކާރަކަށް ރައްޔިތުންނަށް ހިދުމަތް ދިނުމަށް މި ލިބެނީ ފަސް އަހަރުގެ މުއްދަތެއް. އެ ފަސް އަހަރުގެ ތެރޭގައި މަޖިލިސް ސަރުކާރާ އިދިކޮޅަށް ލިބުނީމަ ސަރުކާރު ހުއްޓުވާލަން އެބަ މަސައްކަތް ކުރޭ. ހަމައެއާ ވިދިގެން ލޯކަލް ކައުންސިލްތައް ސަރުކާރަށް ޖެއްސުންކުރާތަން ފެނިގެންދޭ. ސުވާލަކީ ގައުމަށް ލިބެނީ މިކަންކަމުން ކޮން ގެއްލުމެއްތޯ؟. ގައުމު ތަރައްގީގެ މަގުގައި ސާބިތުކަމާއެކު ކުރިއަށް ދިއުމަށް ސަރުކާރަށް މެޖޯރިޓީ ދޭންޖެހޭ." - ޔޫތު މިނިސްޓްރީގެ އެޑްވައިޒަރ އަހުމަދު ނަރީޝް
މިއީ އިދިކޮޅުންވެސް ތަޖުރިބާ ކޮށްފައިވާ ކަންކަން ކަމަށާއި އެގޮތުން އެޕާޓީއާ އިދިކޮޅު ކައުންސިލްތަކަށް ކަންކަން ކޮށް ނުދިނުމާއި، އަދި ކައުންސިލްތަކުން ސަރުކާރާ އެއްބާރުލުންދޭން ބޭނުން ނުވުމުގެ އާޚިރު ނަތީޖާއަކީ ހުރިހާ ގެއްލުމެއް އެރަށެއްގައި ދިރިއުޅޭ ރައްޔިތުންނަށް ލިބިގެން ދިއުންކަމަށް ނަރީޝް ވިދާޅުވި އެވެ.
އެހެންކަމުން ސަރުކާރުގެ ވައުދުތައް ފުއްދުމަށް ސަރުކާރާ އެއްކޮޅު ކައުންސިލްތަކެއް ގެންނަންޖެހޭކަން އިދިކޮޅުން ވެސް ގަބޫލުކުރާކަމަށް ނަރީޝް ވިދާޅުވިއެވެ.