ENGLISH
19 އޭޕްރީލު 2025
މަސްތުވާތަކެތީގެ ވިޔަފާރިކޮށް މަނީލޯންޑަރިން ކުރާ ބޮޑު ގޭންގެއް އަތުލައިގެންފި
10 ޑިސެމްބަރު 2024
|
ފުވައްމުލަކު ސިޓީ
މަސްތުވާތަކެތީގެ ވިޔަފާރިކޮށް މަނީލޯންޑަރިން ކުރާ ބޮޑު ނެޓްވޯކެއް ފުލުހުން އަތުލައިގެންފިއެވެ.
ފުލުހުންގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ މި މައްސަލައިގައި ހައްޔަރަށް ގެންގޮސްފައިވަނީ ދޫޑިގަން، ކަރަންކާވިލާ އަހުމަދު ނިއުޝާދު (34އ) އަދި ދޫޑިގަން ޒަމާނީވިލާ، ހަސަން އާޒިމް (29އ) އެވެ. މި ދެމީހުން ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.
ތަހުގީގަށް ހޯދިފައިވާ މައުލޫމާތުގެ އަލީގައި އެނގިފައިވަނީ ނިއުޝާދުގެ ބޭންކު އެކައުންޓުން ފާއިތުވި ފަސް އަހަރުގެ ތެރޭގައި 21 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މުއާމަލާތް ހިންގާފައިވާ ކަމަށެވެ. އަދި އާޒިމްގެ ބޭންކު އެކައުންޓު މެދުވެރިކޮށްގެން ދެ އަހަރުގެ ތެރޭގައި ހަތް މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މުއާމަލާތް ހިންގާފައިވާ ކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން 21 މީހަކާއި 2 ކުންފުންޏެއްގެ ބޭންކް އެކައުންޓް ވަނީ ހިފަހައްޓާފައެވެ. އަދި އެ މީހުންގެ މައްޗަށް މަނީ ލޯންޑަރިންގެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.
ފުލުހުން ކުރިޔަށްގެންދާ "އޮޕަރޭޝަން ވެހި ރައްކަލް" ގެ ދަށުން މިހާތަނަށް 4،048 ތަން ބަލައި ފާސްކޮށް، 1،147 މީހުން ހުއްޓުވާފައިވެ އެވެ. އަދި 58 މީހަކު ހައްޔަރުކޮށް ތުހުމަތު ކުރެވޭ ޖުމްލަ 75 މައްސަލައެއް ތަހުގީގުކޮށް، އޭގެ ތެރެއިން 65 މައްސަލައެއްގެ ތަހުގީގު ނިންމައި ދައުވާ ކޮށްދޭން އެދި ޕީޖީ އޮފީހަށް ވަނީ ފޮނުވައިފައިއެވެ.