ENGLISH

19 އޭޕްރީލު 2025

Advertisement

އެމްޑީޕީއިން އެކުރަނީ ޓެރަރިޒަމްގެ ގޮޅިއަށް ބަރާބަރަށް ފެތޭ ވަރުގެ ކަމެއް: މުޞްތަފާ

10 ޑިސެމްބަރު 2024

|

ޝަރާ އަބްދުﷲ

މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު މުޞްތަފާ އިބްރާހިމް މަޖިލީހުގައި ވާހަކަފުޅު ދައްކަވަނީ

އިދިކޮޅު ޕާޓީ، އެމްޑީޕީއިން އެކުރަނީ ޓެރަރިޒަމްގެ ގޮޅިއަށް ބަރާބަރަށް ފެތޭވަރުގެ ކަމެއް ކަމަށް މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު މުޞްތަފާ އިބްރާހިމް ވިދާޅުވެއްޖެއެވެ.

މުޞްތަފާ މިހެން ވިދާޅުވީ މަޖިލީސް ޖަލްސާއަށް މިލަންދޫ ދާއިރާގެ މެމްބަރު ހަސަން މުފީދު އަބްދުﷲ ޤާދިރު، އެމްޑީޕީއިން ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދީ، އެކިއެކި ޕޯޑިއަމް ތަކުގައި ވާހަކަ ދައްކާފައި ވާތީ އެކަން ތަހުޤީޤް ކުރުމަށް ތަހުޤީޤީ އިދާރާތަކަށް ގޮވާލައި ހުށަހަޅައިފާވާ ކުއްލި މައްސަލައަކަށް ބަހުސްކުރައްވަމުންނެވެ.

ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ކަންކަން ކުރައްވަމުން އެ ގެންދަވަނީ ދިވެހި ރައްޔިތުންނަށް ފައިދާ ވާނެ ގޮތަށް ކަމަށް މުޞްތަފާ ވިދާޅުވިއެވެ. އަދި ރައީސް މަސައްކަތްޕުޅު ކުރައްވަމުން އެ ގެންދަވަނީ ވޭތުވެ ދިޔަ ސަރުކާރުން ރާއްޖެ ވައްޓާލި އަނދަވަޅުން ސަލާމަތް ކުރައްވަން ކަމަށް މުޞްތަފާ ފާހަގަ ކުރެއްވިއެވެ. މެމްބަރު ވިދާޅުވީ، އެމްޑީޕީއިން އެދައްކާ ވާހަކަތައް އެމީހުންގެ އަމިއްލަ ނަފްސަށް ރައްދު ކުރަން ޖެހޭނެ ކަމަށެވެ.

ދިވެހިރާއްޖޭގައި ފުރަތަމަ ރައީސްކަން ކުރެއްވި ރައީސް، މުޙައްމަދު އަމީނަށް، އެމްޑީޕީއިން އެއްވެސް އިޙްތިރާމް ކުރުމެއް ނެތި ރައްދު ކުރި ބަސް މުޞްތަފާ ވަނީ ކުށްވެރި ކުރައްވާފައެވެ.

"ދިވެހި ރާއްޖޭގެ ރައީސްކަން ފުރަތަމަ ކުރެއްވި، ދިވެހި ރާއްޖެ މިއަދު މިދެކޭ ޖުމްހޫރިއްޔަތު ގެނެސް ދެއްވި ރައީސުލްޖުމްހުރިއްޔާ މުހައްމަދު އަމީނަށް އިޙްތިރާމްކުރުމެއްނެތި ރައްދުކުރި ބަސް އެވެސް އަޅުގަނޑު ކުށްވެރިކުރާ ކަމެއް. " - މެމްބަރު މުޞްޡަފާ


އެމްޑިޕީއިން މިހާރު ކުރަމުންދާ ކަންކަމަކީ ޑިމޮކްރަސީ އާއި އިސްލާމްދީނާ ޚިލާފު ކަންތައްތަކެއް ކަމަށް މުޞްޡަފާ ސިފަކުރެއްވިއެވެ.  

ކިޔުންތެރިންގެ ހިޔާލު