ENGLISH
25 ފެބްރުއަރީ 2026
މިއަދު ރައީސް ވަޑައިގަތީ މާފަންނު މެދަށް، ރައްޔިތުންގެ ހޫނު މަރުހަބާއަކާއި ބޮޑު ތަރުހީބެއް
25 ފެބްރުއަރީ 2026
|
މާފަންނު މެދު ދާއިރާގެ ދޮރުން ދޮރަށް ހަރަކާތުގައި ރައީސް ގެއަކަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން، ފޮޓޯ: އެމްއެމްޓީވީ
އެންމެ މަޤްބޫލު
ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިހާބަށް ވެރިކަންކުރާ ޕީޕަލްސް ނޭޝަަނަލް ކޮންގްރެސް ޕާޓީން ކުރިއަށްގެންދާ ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިން މިއަދު މާފަންނު މެދު ދާއިރާގައި ކުރިއަށްގެންދިޔަ ދޮރުން ދޮރަށް ހަރަކާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެ ސަރަހައްދަށް ވަޑައިގަތުމުން އެ ދާއިރާގެ ރައްޔިތުން އެމަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.
މިއަދު މާފަންނު މެދު ދާއިރާއަށް ކުރެއްވި ޒިޔާރަތުގައި ރައީސްވަަނީ އެ ދާއިރާގެ ބައެއް ގެތަކަށް ވަޑައިގެން އާއިލާތަކާ ބައްދަލުކުރައްވައި އެ ބޭފުޅުންނާއެކު ވަގުތު ހޭދަކުރައްވައި، އެ ސަރަހައްދުގެ ރައްޔިތުންގެ ކަންބޮޑުވުންތައް އޮޅުންފިލުއްވާފައެވެ.
އެމަނިކުފާނު އެ ސަރަހައްދަށް ވަޑައިގެންނެވިއިރު އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ބަޔަކު އެމަނިކުފާނުގެ އިސްތިގުބާލުގައި ޖަވާވެފައި ތިއްބެވެ. ރައީސްވަނީ އެމަނިކުފާނުގެ އިސްތިގުބާލުގައި ޖަމާވެފައި ތިބި އެންމެންނާ ސަލާންކުރައްވައި ވާހަކަދައްކަވައި މީހުންގެ ހާލު ބައްލަވައި، އެމީހުންގެ ހިޔާލުތައް އަޑުއެއްސެވުމުގައި ގިނަ ވަގުތުތަކެއް ހޭދަކުރައްވާފައެވެ.
މި ޒިޔާރުގައި ގެއިން ގެއަށް ވަޑައިގެންނެވި މަގުމަތީ ބައްދަލުވެވަޑައިގަތް ރައްޔިތުންނާ ސަލާންކުރައްވައި، އެމަނިކުފާނާ ވާހަކަދައްކަަން ބޭނުންވި އާއްމުންނަށް އެ ފުރުސަތު ދެއްވަައި، މަގުމަތިން ބައްދަލުވެވަޑައިގަތް ވަރަށް ގިނަ ބަޔަކާއެކު ވާހަކަދައްކަވަައި ހިޔާލު ހޯއްދަވައި ހާލު ބެއްލެވިއެވެ.
ރައީސްގެ މި ޒިޔާރަތަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި އެ ދާއިރާގެ ގޮނޑިތަކަށް ވާދަކުރައްވާ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމަށް ކުރެއްވި ޒިޔާރަތެކެވެ.
މާލެ ސިޓީގެ މޭޔަރު ކަމުގައި ހުންނެވިއިރު ކޮންމެ ހަފުތާއަކު މާލޭގެ ގެތަކަށް ޒިޔާރަތްކުރައްވައި ރައްޔިތުންގެ ހާލު ބެއްލެވުމުގައި ވަގުތު ހޭދަކުރެއްވި ފަދައިން ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުންވެސް އެކި ގޮތްގޮތުން ރައްޔިތުންގެ ހިޔާލު ހޯއްދެވުމަށާއި ހާލު ބެއްލެވުމަށް އެކި ހަރަކާތްތައް ރައީސް ހިންގަވައެވެ.