ENGLISH

19 އޭޕްރީލު 2025

Advertisement

އެމްޑީޕީއިން ޒުވާނުންނަށް މިއަދު މިދައްކަނީ ވަރަށް ނުބައި ނަމޫނާއެއް: ރިފާއު

10 ޑިސެމްބަރު 2024

|

ޝަރާ އަބްދުﷲ

މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު މަޖިލީހުގައި ވާހަކަ ދައްކަވަނީ

އިދިކޮޅު ބޭފުޅުން ޒުވާނުންނަށް ދައްކަމުން އެދަނީ ވަރަށް ނުބައި ނަމޫނާއެއް ކަމަށް މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު ވިދާޅު ވެއްޖެއެވެ.

ރިފާއު މިހެން ވިދާޅުވީ މިއަދުގެ މަޖިލީސް ޖަލްސާއަށް ށ. މިލަންދޫ ދާއިރާގެ މެމްބަރު ހަސަން މުފީދު އަބްދުﷲ ޤާދިރު ހުށަހެޅުއްވި ކުއްލި މައްސަލަ އަކަށް ބަހުސް ކުރައްވަމުންނެވެ.

މި މައްސަލައަކީ އެމްޑީޕީއިން ޓެރަރިޒަމްގެ އަމަލެއްކުރުމަށް ހިތްވަރު ދީ، އެކިއެކި ޕޯޑިއަމްތަކުގައި ވާހަކަ ދައްކާފައިވާތީ އެކަން ތަހުޤީޤް ކުރުމަށް ތަހުޤީޤީ އިދާރާތަކަށް ގޮވާލައި ހުށަހަޅައިފާވާ ކުއްލި މައްސަލައެކެއެވެ.

ރިފާއު ވިދާޅުވީ ރާއްޖެ ވަރަށް ނާޒުކު ފައްތަރެއްގައި މި ޤައުމު އޮއްވައި ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މި ޤައުމާ ހަވާލުވެ ވަޑައިގެން ކުރަމުންދާ މަސައްކަތަކީ ސެލިއުޓް ކުރަން ޖެހޭ ކަމެއް ކަމަށާއި އެމަނިކުފާނު އަވަހާރަ ކޮށްލަން ގޮވާލުމަކީ ވަރަށް ދަށު ދަރަޖައިގެ ކަމެއް ކަމަށް ވެސް މެމްބަރު ރިފާއު ވިދާޅުވިއެވެ.

"ވަރަށް ނާޒުކު ފައްތަރެއްގައި މި ޤައުމު އޮއްވާ މި ޤައުމުގެ ރައީސުލްޖުމްހުރިއްޔާ ކަމާ ހަވާލުވެ މިއަދު ޑރ. މުޢިއްޒު އެކުރައްވާ މިންނެތް މަސައްކަތްތަކަށް ޓަކައި އަޅުގަނޑުމެން އެމަނިކުފާނަށް ސެލިއުޓްކުރަން ޖެހޭނީ. އެމަނިކުފާނު މަރާކަށް ނޫން ގޮވަން ޖެހޭނީކީ." - މެމްބަރު  ރިފާއު 

ޤާނޫނު އަސާސީ ދިފާއު ކުރުމުގެ ނަމުގައި އިދިކޮޅުން ދަނީ ޤައުމު ހަލަބޮލި ކުރަމުން ކަމަށް ރިފާއު ފާހަގަ ކުރެއްވިއެވެ.

"އަޅުގަނޑުމެންނަށް ފެނިގެން މިދަނީ ޤާނޫނު އަސާސީގެ ދިފާއުގައި ކަމަށް ވިދާޅުވެ މުޅި ޤައުމުގައި ހަލަބޮލިކަން އުފެއްދުމަށްޓަކައި ބަޔަކު މަސައްކަތް ކުރާތަން. އިދިކޮޅު ފަރާތްތަކުގެ ޒިންމާއެއްގެ ގޮތުގައި ޤައުމު ހަލަބޮލި ކުރުން ހަމަ މި ޤާނޫނު އަސާސީގައި ލިޔެފަ އޮތް ތަނެއް އަޅުގަނޑަކަށް ނުފެނޭ" - މެމްބަރު ރިފާއު 

މެމްބަރު ރިފާއުވަނީ އެފަދަ ވާހަކަތައް ދައްކާ ފަރާތްތައް މިއަދުން މިއަދަށް ހައްޔަރުކޮށް އެބޭފުޅުންގެ ތަހުޤީޤު ހިންގުމަށް ކަމާ ބެހޭ ވުޒާރާތަކަށް ގޮވާލައްވައިފައެވެ. އަދި މި ކަހަލަ ކަންކަން ދޫކޮށްލައިފި ނަމަ މާދަމާ ނިކުންނާނެ ނަތީޖާ ވަރަށް ހިތި ވެދާނެ ކަމަށް ވެސް މެމްބަރު ފާހަގަ ކުރެއްވިއެވެ.    

ކިޔުންތެރިންގެ ހިޔާލު