ENGLISH
25 ފެބްރުއަރީ 2026
ވެލިދޫ ބަނދަރުގެ އެއްގަމުތޮށީގެ ޕޭވްމަންޓްގެ މަސައްކަތް ކުރިއަށްދަނީ
25 ފެބްރުއަރީ 2026
|
ވެލިދޫ ބަނދަރުގެ މަސައްކަތް ކުރިއަށްދަނީ-- ފޮޓޯ: އެމްޓީސީސީ
އެންމެ މަޤްބޫލު
ނ. ވެލިދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، ބަނދަރުގެ އެއްގަމުތޮށީގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.
އެމްޓީސީސީން ބުނީ، މިހާރު ކުރިއަށް ދަނީ ޕޭވްމަންޓްގައި ގާ އެތުރުމުގެ މަސައްކަތް ކަމަށެވެ.
ވެލިދޫ ބަނދަރުގެ މަސައްކަތް ކުރިއަށްދަނީ-- ފޮޓޯ: އެމްޓީސީސީ
ވެލިދޫ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތަކީ، ކުރީ ސަރުކާރުން ފަށާފައިވާ، އެހެންނަމަވެސް ކުރިއަށް ނުގޮސް އޮތް މަޝްރޫއުކެވެ. ވެލިދޫ ބަނދަރު ތަރައްޤީކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ޑިސެމްބަރ 29، 2022 ގަ އެވެ. މަޑުޖެހި ނުވަތަ ހުއްޓިފައިވާ މިފަދަ ގިނަ މަޝްރޫއުތަކެއް، މި ސަރުކާރުން އަލުން ފައްޓައިގެން ނިންމުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
މި މަޝްރޫގެ ދަށުން ބަނދަރު ފުންކުރުމާއި، ބޭރުތޮށިލުމާއި، ރިވެޓްމަންޓް ޖެހުމުގެ އިތުރުން ކޮންކްރީޓް ޖެޓީއެއް ހެދުން ހިމެނެ އެވެ. މީގެ އިތުރުން އެއްގަމުތޮށިލުމާއި، ބަނދަރު ބައްތި ހަރުކުރުމާއި ޕޭވްމަންޓް ހެދުންވެސް މި މަޝްރޫގައި ކުރިއަށްދާނެ އެވެ.
ބަނދަރުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދާ އިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް މިހާރު އެރަށުގައި ވަނީ ސީޕްލޭންގެ ޚިދުމަތް ވެސް ފަށައިފަ އެވެ.