ENGLISH
25 ފެބްރުއަރީ 2026
ރާއްޖޭގައި ތިއްބަވާ ޑިޕްލޮމެޓުންނަށް ރައީސްގެ ދެކަނބަލުންގެ ފަރާތުން ރޯދަވީއްލުމެއް
24 ފެބްރުއަރީ 2026
|
ރައީސުލްޖުމްހޫރިއްޔާ ގެ ފަރާތުން ރާއްޖޭގައި ތިއްބަވާ ޑިޕލޮމެންޓުންނަށް ދެއްވި ރޯދަވީއްލުމުގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
ރައިސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، ރާއްޖޭގައި ތިއްބަވާ ބޭރު ގައުމުތަކުގެ ސަފީރުންނާއި ބައިނަލްއަޤްވާމީ ޖަމިއްޔާތަކުގެ އިސް ބޭފުޅުންނަށް ރޯދަވީއްލުމެއް ދެއްވައިފިއެވެ.
މި ރޯދަ ވީއްލުން ބާއްވަވާފައިވަނީ މުލިއާގޭގައެވެ.
މި ރޯދަ ވީއްލުމަށް ވަޑައިގެންނެވި އިއްޒަތްތެރިން ވަނީ ރައީސްގެ ދެކަނބަލުންނަށް ރޯދަ މަހުގެ ތަހުނިޔާ ދަންނަވައި، އިޙްތިރާމް އަދާކުރައްވާފައެވެ.
ރާއްޖޭގައި ތިއްބަވާ ބޭރުގެ ގައުމުތަކުގެ ސަފީރުންނާއި ބައިނަލްއަޤްވާމީ ޖަމިއްޔާތަކުގެ އިސްބޭފުޅުންނަށް ރައީސްގެ ދެކަނބަލުން ކޮންމެ އަހަރަކު ވެސް ރަމަޟާން މަހުގައި ދެއްވާ ރޯދަ ވީއްލުމަކީ ޑިޕލޮމެޓިކް ގުޅުންތައް އިތުރަށް ހަރުދަނާކޮށް، ދޭދޭ ގުޅުންތައް ފުޅާކޮށް، ސަގާފީ އަދި ދީނީ ކަންކަމުގެ ތެރެއިން ގުޅުންތައް ހަރުދަނާކުރުމުގެ ގޮތުން ކުރިއަށް ގެންދެވޭ ހަރަކާތެއްގެ ގޮތުގައި ރައީސް އޮފީހުން ބުނެފައިވެއެވެ.