ENGLISH

24 ފެބްރުއަރީ 2026

Advertisement

ތިނަދޫ ސިޓީ ކައުންސިލަށް ހެޔޮ ބަދަލެއް ބޭނުންވޭ: އަޖީބު

24 ފެބްރުއަރީ 2026

|

އައިމިނަތު ޝަފާ

ކޮންގްރެސް ޕާޓީގެ ފަރާތުން ތިނަދޫ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލައްވާ ކެންޑިޑޭޓް މުހައްމަދު އަޖީބް. ފޮޓޯ؛ޕީއެންސީ

ތިނަދޫ ސިޓީ ކައުންސިލަށް ބަދަލެއް ބޭނުންވާ ކަމަށާއި މާޒީއަށް ވިސްނުމަށްފަހު ރަށަށް ހެޔޮ ބަދަލެއް ގެންނަން ޖެހޭ ކަމަށް ކޮންގްރެސް ޕާޓީގެ ފަރާތުން ތިނަދޫ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލައްވާ ކެންޑިޑޭޓް މުހައްމަދު އަޖީބް ވިދާޅުވެއްޖެ އެވެ.

ތިނަދޫ ސިޓީގެ މާލޭ ސަރަހައްދުގެ ކެމްޕެއިން އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަޖީބް ވިދާޅުވީ މާޒީއަށް ވިސްނުމަށް ފަހު ތިނަދޫ ސިޓީއަށް ގެންނަންޖެހޭނީ ހެޔޮ ބަދަލެއް ކަމަށެވެ. 

"އެ ބަދަލު ވެގެންނުވާނެ މާޒީ އިޔާދަވެގެންދާނެ ބަދަލަކަށް. ތަފާތު ބަދަލަކަށް ވާންޖެހޭނެ. މީގެކުރިން ތިނަދޫގައި ތަކުރާރުވަމުން އައިސްފައި އޮތް ނޭއްގާނީކަން ތިނަދޫ ސިޓީގެ ކައުންސިލުން އެބަޖެހޭ ބަދަލުކުރަން. މިހާރު އޮތް ކައުންސިލުން ގަބޫލުކުރަނީ މީގެކުރިން ރާއްޖޭގައި ހެދިފައިނުވާ އަމިއްލަ ގާނޫނަކާއި ގަވައިދެއް. އަދި ސަރުކާރުގެ މުވައްސަސާތަކަށްވެސް މިހާރު އޮތް ކައުންސިލުން އެއްބާރުލުން ނުދޭ." - ކޮންގްރެސް ޕާޓީގެ ފަރާތުން ތިނަދޫ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލައްވާ ކެންޑިޑޭޓް މުހައްމަދު އަޖީބް

ކައުންސިލުގެ ތެރެއިން ރައްޔިތުންނަށް ބޭނުންވާ ކަންކަން ކުރުމުގައި ތަކުލީފުތަކާ ކުރިމަތިލާންޖެހޭކަން އަޖީބު ފާހަގަކުރެއްވި އެވެ. 

އަޖީބު ވަނީ ގޮނޑި ކާމިޔާބުވެއްޖެނަމަ ތިނަދޫ ސިޓީއަކީ އިގްތިސާދީ ގޮތުން ބާރުވެރި ތަނަކަށް ހައްދަވާނެކަމަށާއި، ތިނަދޫ ރައްޔިތުންނަށް އާމްދަނީ ލިބޭނެ މަގެއް ގާއިމުކޮށް ދެއްވާނެކަމަށް ވިދާޅުވެފަ އެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އެންމެ ބޮޑަށް ބޭނުންވަނީ އެކުވެރިކަމާއި އިޖުތިމާއީ ގޮތުން ރައްކާތެރި މުޖުތަމައުއެއް ބިނާކުރުން ކަމަށާއި ތިނަދޫ ރައްޔިތުންގެ އިޖުތިމާއީ ގުޅުމަށާއި ވިސްނުމަށްވެސް ބަދަލު ގެންނަން ޖެހޭ ކަމަށް އަޖީބު ވިދާޅުވި އެވެ. އެގޮތުން އިސްރަށްވެހިންނަށް އަޅާލާ އޯގާތެރިވެ، އަންހެނުން ބާރުވެރިކޮށް، ޒުވާނުންނާއި އަންހެނުނަށް ހައްގު މިންވަރަށް އާމްދަނީ ލިބޭނެ މަގު ފަހިކުރަން އެބަޖެހޭ ކަމަށް އަޖީބު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު