ENGLISH

19 އޭޕްރީލު 2025

Advertisement

މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ޓަކައި ފަހުގެ ޒަމާނީ ވަސީލަތްތައް ގާއިމުކުރުން މުޙިއްމު: ނައިބް ރައީސް

10 ޑިސެމްބަރު 2024

|

އެމް އެމް

މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ޓަކައި ފަހުގެ ޓެކްނޮލޮޖީ އާއި ޒަމާނީ ވަސީލަތްތައް ގާއިމު ކުރުމުގެ މުހިންމުކަން ވެސް ނައިބު ރައީސް ޙުސައިން މުޙައްމަދު ލަތީފު ފާހަގަ ކުރައްވައިފިއެވެ. 

ނައިބު ރައީސް މިހެން ވިދާޅުވީ މިއަދު ރާއްޖޭގައި ފާހަގަ ކުރަމުން އަންނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި އެމަނިކުފާނު ކުރެއްވި ޕޯސްޓެއްގަ އެވެ.

މަސްވެރިކަމުގެ ސިނާޢަތަށް ފާގަތި ކަމާއި ފަހިކަން މިންވަރު ކުރެއްވުމަށް އެދި ނައިބު ރައީސް ވަނީ ދުޢާ ކުރައްވާފަ އެވެ.

މަސްވެރިންގެ ދުވަހަކީ ކޮންމެ އަހަރެއްގެ ޑިސެމްބަރ 10 ވަނަ ދުވަހު ފާހަގަކުރާ ދުވަހެކެވެ. މި ދުވަހަކީ ދިވެހި މަސްވެރިންގެ އަގުވަޒަންކޮށް، އެ ފަރާތްތަކުގެ ހިތްވަރާއި ކެތްތެރިކަން ފާހަގަކުރާ ދުވަހެކެވެ.

ދިވެހި މަސްވެރިން ކަނޑުފަޅުން އާމްދަނީ ހޯދުމަށް ކުރަމުންދަނީ ވަރަށް ބުރަ މަސައްކަތެއް ކަމަށް ނައިބު ރައީސްގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.  

ނައިބު ރައީސް ވިދާޅުވީ، "ކަށީން ހިތްވަރު ނެރެގެން ކަނޑުފަޅުން އާމްދަނީ ހޯދުމަށް ދިވެހި ހީވާގި މަސްވެރިން އެކުރައްވަމުން ގެންދަވަނީ ފިސާރި ބުރަ މަސައްކަތެއް" ކަމަށެވެ. އަދި މިއީ އިހުގައިވެސް ދިވެހީންގެ ފަޚުރެއްގެ ގޮތުގައި އޮތް ދިވެހި އިޤްތިޞާދުގެ ލޭނާރުކަން އެމަނިކުފާނުގެ މެސެޖުގައި ފާހަގަ ކުރެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މަސްވެރިންގެ ދުވަހާ ދިމާކޮށް އެމަނިކުފާނު މަސްވެރިންނަށް ވެވަޑައިގެންނެވި ވަރަށް ބޮޑު ވައުދުފުޅެއް ވެސް ފުއްދަވާފަ އެވެ. އެގޮތުން މަސްވެރިން މަސް ކިރާތާ 48 ގަޑި އިރު ތެރޭގައި ފައިސާ ލިބޭނެ އިންތިޒާމު މިއަދުން ފެށިގެން ހަމަޖައްސަވާފައި ވާނެ ކަމަށް ރައީސް މުއިއްޒު އިއްޔެ ވަނީ ވިދާޅުވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު