ENGLISH
23 ފެބްރުއަރީ 2026
ސައުދީ ސަރުކާރުން އިސްލާމީ ވުޒާރާއަށް 15 ޓަނުގެ ކަދުރު ހަދިޔާކޮށްފި
23 ފެބްރުއަރީ 2026
|
ސައުދީ ސަރުކާރުން އިސްލާމީ ވުޒާރާއަށް 15 ޓަނުގެ ކަދުރު ހަދިޔާކުރުން --
އެންމެ މަޤްބޫލު
ސައުދީ އަރަބިއްޔާގެ ސަރުކާރުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަށް 15 ޓަނުގެ ކަދުރު ހަދިޔާކޮށްފިއެވެ.
ސައުދީ ސަރުކާރުން ކޮންމެ އަހަރަކުވެސް އިސްލާމީ ވުޒާރާއަށް ވަކީން ކަދުރު ހަދިޔާ ކުރެ އެވެ. އަދި ދިވެހި ރައްޔިތުންނަށް ވެސް ކަދުރު ހަދިޔާ ކުރެ އެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަށް ކަދުރު ހަދިޔާކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ކަދުރު ހަވާލުކޮށްދެއްވީ ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަހްޔާ ހަސަން އަލް ޤަޙްތާނީ އެވެ.
ސައުދީ އެމްބަސީން ބުނީ މި އަހަރުވެސް ދިވެހިރައްޔިތުންނަށް ސައުދީ ސަރުކާރުން 50 ޓަނުގެ ކަދުރު ހަދިޔާ ކުރަން ނިންމާފައިވާ ކަަމަށެވެ. އެ ކަދުރުޝިޕްމަންޓް ވަރަށް އަވަހަށް ރާއްޖެ ގެނެވޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.
އެ ކަދުރު ގޭބީސީތަކަށް ބަހާނެ އެވެ.
މީގެ އިތުރުން ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދުގެ ފަރާތްޕުޅުން ރާއްޖޭގައި ކުރިއަށްގެންދާ ރޯދަ ވީއްލުމުގެ ހަރަކާތް މިހާރު ވަނީ ފަށާފަ އެވެ. މި ޕްރޮގްރާމުގެ ދަށުން ކޮންމެ ދުވަހަކު 150 މީހަކަށް ރޯދަ ވީއްލުން ދިނުމަށް ވަނީ ނިންމާފައެވެ.