ENGLISH

25 ފެބްރުއަރީ 2026

Advertisement

ލާމަރުކަޒީ އުސޫލުގައި، ކައުންސިލަރުން ސަރުކާރު ޖަވާބުދާރީ ކުރުވަންޖެހޭ ކަމަކަށް ނޯވޭ: ހަލީމް

22 ފެބްރުއަރީ 2026

|

ހަނާން އަހުމަދު ނައީމް

ކޮންގްރެސް ޕާޓީގެ ގަލޮޅު ދެކުނު ދާއިރާގެ ޖަގަހަ ހުޅުވުމުގެ ޖަލްސާގެ ތެރެއިން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް

ލާމަރުކަޒީގެ އެއްވެސް އުސޫލެއްގައި ކައުންސިލްތަކުން ސަރުކާރު ޖަވާބުދާރީ ކުރުވަން ޖެހޭކަމަށް ނޯންނަ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ، އިބްރާހިީމް އަބްދުއްރައްޒާޤް ހަލީމް ވިދާލުވެއްޖެއެވެ.

މިފަދައިން އޭނާ ވިދާޅުވީ، ވެރިކަން ކުރާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ގަލޮޅޮ ދެކުނު ދާއިރާގެ ޖަގަހަ ހުޅުވުމުގެ ޙަފްލާ ވާހަކަ ދައްކަވަމުންނެވެ.

މި ޙަފްލާ ޝަރަފްވެރިކޮށްދެއްވައި ޖަގަހަ ހުޅުއްވައިދެއްވީ، ފަސްޓް ލޭޑީ، ސާޖިދާ މުޙައްމަދު އެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި ގުޅުވައި، ކައުންސިލްތަކުން ސަރުކާރު ޖަވާބުދާރީ ކުރުވަން ޖެހޭ ކަމަށް ބުނެ އިދިކޮޅުން ދައްކަމުންދާ ވާހަކަތަކަށް ރައްދުދެއްވައި ހަލީމް ވިދާޅުވީ، ލާމަރުކަޒީ އުސޫލުގެ ދަށުން ކައުންސިލްތަކަށް ގިނަ ބާރުތަކެއް ދީފައިވާ ކަމަށެވެ. ނަމަވެސް އެއިން އެއްވެސް އުސޫލެއްގައި ސަރުކާރު ޖަވާބުދާރީ ކުރުވަން ކައުންސިލްތަކަށް ޖެހޭކަން ހިމަނާފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

"ލާމަރުކަޒީގެ އެއްވެސް އުސޫލެއްގައި ނުވޭ ސަރުކާރު ޖަވާބުދާރީ ކުރުވަން ޖެހޭ ކަމަކަށް. އެއްވެސް ދިމާލަކުން ހޯދައި ބެލުމުންވެސް ކައުންސިލްތަކުގެ މެންބަރުންނަކީ ސަރުކާރު ޖަވާބުދާރީ ކުރުވަން ޖެހޭ ބައެއް ބައެއް ކަމަށް ފެނިފައެއް ނުވޭ" - ސީއީއޯ ހަލީމް

މިކަމަށް އަލިއަޅުވާލައްވައި ހަލީމް އިތުރަށް ވިދާޅުވީ، ލާމަރުކަޒީ އުސޫލުގައި އޮތްގޮތުން ކައުންސިލްތަކުގައި ތިބެންވާނީ ރައްޔިތުންނަށް ތަރައްޤީއާއި އަމާން ވެއްޓެއް ހޯދައިދިނުމަށް މަސައްކަތްކުރުމަށް މަސައްކަތް ކުރާ ބައެއް ކަމަށެވެ.

"ލާމަރުކަޒީ އުސޫލުގައި ވަނީ ދިވެހިރާއްޖޭގެ އިދާރާތައް ހިންގުމުގެ ބޭނުމަކީ ރާއްޖޭގެ އެކި ރަށްރަށު ރައްޔިތުންގެ ކަންކަން ދިމިކްރާތީ އަދި ޖަވާބުދާރީ ވެނިވި އުސޫލަކުން ރައްޔިތުން އަމިއްލައަށް ނިންމުމަށް މަގުފަހިކޮށް، އިޖުތިމާޢީ ގޮތުންނާއި، އިޤްތިޞާދީ ގޮތުންނާއި، ސަގާފީ ގޮތުން ދިވެހިރާއްޖޭގެ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންގެ ފެންވަރު މަތިކޮށް ރައްޔިތުން ބާރުވެރިކޮށް ރައްޔިތުންނާއި އެންމެ ގާތުން ފުޅާ ދާއިރާއެއްގައި ޚިދުމަތް ލިބޭނެ މަގުފަހިކޮށްދީ ރާއްޖޭގެ ރަށްރަށުގައި އަމާން ވެއްޓެއް ގާއިމު ކުރުން. މިކަން ވަރަށް ތަފްސީލުކޮށްއޭގައި ބަޔާންކޮށްދީފައި އެބަ ވޭ." -

މީގެ އިތުރުން ހަލީމް ވިދާޅުވީ، ލާމަރުކަޒީ އުސޫލު ހިންގުމަށް އެކަންކަން ކޮށްދެއްވާނެ ކެންޑިޑޭޓުން ނެރުމަކީ ކޮންގްރެސް ޕާޓިގެ މަޤްސަދު ކަމުގައެވެ. އަދި މާލޭ ސަރަހައްދަށް ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ދެކެވަޑައިގެންފައިވާ ތަސައްވުރު ހަގީގަތަކަށް ހެދޭނީ ހަމައެކަނި މި އުސޫލުން، މި ބޭނުމުގައި މަސައްކަތް ކުރައްވާ ކެންޑިޑޭޓުން ހޮވައިގެންކަމަށް އޭނާ ވިދާޅުވިއެވެ.

ހަލީމް ވަނީ، ސަރުކާރާާއި އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރާނީ ކިހިނެއްތޯ ސުވާލުއުފައްދަވައިފައެވެ. 

ސަރުކާރުގެ ހިދުމަތްތަކާއި، ސަރުކާރުގެ ތަސައްވުރު ކުރިއަށް ގެންދިއުމާއި ރައްޔިތުންގެ ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ސިޓީ ކައުންސިލްގެ ދައުރު ވަރަށްބޮޑުކަން ހަލީމް ފާހަގަކުރެއްވިއެވެ. އެގޮތުން އެމަސައްކަތްތައް އެގޮތަށް ކުރުމަށް ކޮންގްރެސް ޕާާޓީގެ ކެންޑިޑޭޓުން ހޮވުން ވަރަށް މުހިންމުކަމާއި މިފަހަރު މި ކައުންސިލަކީ ތަފާތު އަދި ސަރުކާރާ ގުޅިގެން ނަތީޖާ ނެރެވޭނެ ވަރުގެ ކައުންސިލަކަށް ހަދައިދިނުމަށް ހަލީމް އިލްތިމާސްކުރެއްވިއެވެ. 

ފަސްޓް ލޭޑީ ޝަރަފްވެރިކޮށްދެއްވި ރޭގެ ޙަފްލާގައި ޕާޓީގެ ލީޑަރޝިޕްގެ އިސް ބޭފުޅުންނާއި، އެ ދާއިރާއަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންނާއި ޕާޓީގެ ގިނަ އަދަދެއްގެ އާއްމު މެންބަރުން ބައިވެރިވެފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު