ENGLISH

19 އޭޕްރީލު 2025

Advertisement

ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓްގެ މަރާމާތަށް އިންޑިއާ އިން 8.5 މިލިއަން ރުފިޔާ

10 ޑިސެމްބަރު 2024

|

އެމް އެމް

މިނިސްޓަރ އިހްސާން

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި އައްޑޫގައި އިމާރާތްކުރި ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓްގެ މަރާމާތަށް އިންޑިއާ އިން 8.5 މިލިއަން ރުފިޔާ ދީފި އެވެ.

ޕޮލިސް އެކަޑަމީގައި ބޭއްވި 37 ވަނަ ޕޮލިސް އިނީޝިއަލް ޓްރެއިނިން ކޯހުގެ ދަސްވެނިވެ ހިނގާލުމުގެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ އިންޑިއާ ސަރުކާރުން އައްޑޫ ޕޮލިސް އެކަޑަމީގެ މަރާމާތާ ގުޅޭ ކަންކަމަށް 8.5 މިލިއަން ރުފިޔާ ދިނުމުން ހާމަވަނީ ދެ ގައުމުގެ މެދުގައި އޮތް ހާއްސަ ގުޅުން ކަމަށެވެ.

އިންޑިއާގެ ނޭޝަނަލް ޕޮލިސް އެކަޑަމީގެ ޑިރެކްޓަރު އަމިތު ވެސް ބައިވެރިވެވަޑައިގަތް އެ ރަސްމިއްޔާތުގައި މިނިސްޓަރު ވަނީ އިންޑިއާ ސަރުކާރުގެ އެހީއަށް ޝުކުރު އަދާކުރައްވައިފަ އެވެ.

ތަމްރީނުތައް ފުރިހަމަކުރި ފުލުހުންނަށް މުހާތަބު ކުރައްވައި އިހުސާން ވިދާޅުވީ މިއީ އެމީހުންގެ ހަޔާތުގައި އަންނާނެ އެންމެ މުހިއްމު އެއް ދުވަސް ކަމަށާއި މިއީ އެ އޮފިސަރުންނަކީ ތަމްރީނު ލިބިފައިވާ ބަޔަކަށް ބަދަލުވެ، ރާއްޖޭގެ ގާނޫނުގެ ތެރެއިން ހިދުމަތަށް ނިކުތުމަށް އަޅާނެ ފުރަތަމަ ފިޔަވަޅު ކަމަށެވެ.

އެކަމަކީ ފަހުރާއި ޝަރަފުގެ އިތުރުން ޒިންމާތަކެއް ވެސް އިހުސާސްކުރެވޭނެ ދުވަހެއް ކަމަށް ވިދާޅުވެ އިހުސާން އެދިވަޑައިގަތީ ރާއްޖޭގައި އޮތް ޑްރަގުގެ މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރުމާއި ގޭންގު ހަދައިގެން ކުރަމުންދާ ކުށްތައް ހުއްޓުވުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.

ކިޔުންތެރިންގެ ހިޔާލު