ENGLISH
22 ފެބްރުއަރީ 2026
މާލޭގެ ފެން ހިންދާ ނިޒާމު ހަރުދަނާ ކުރުމުގެ މަޝްރޫއު ފަށަނީ
22 ފެބްރުއަރީ 2026
|
މާލޭގެ ފެން ހިންދާ ނިޒާމު ހަރުދަނާ ކުރުމުގެ މަޝްރޫއު ފަށަނީ
އެންމެ މަޤްބޫލު
މާލޭގެ ފެން ހިންދާ ނިޒާމު ހަރުދަނާ ކުރުމުގެ މަޝްރޫއު ފަށަން ތައްޔާރުވެއްޖެ އެވެ.
ޕްރޮޖެކްޓް ފޮ ޑިޒާސްޓް ރެޒިލިއެންސް އެންހޭންސްމަންޓް އިން މާލެ އައިލެންޑް (ކޮންސްޓްރަކްޝަން ފޭސް) ގެ ޕެކޭޖް ދޭއްގެ އެއްބަސްވުމުގައި މިހާރު ވަނީ ސޮއިކޮށްފަ އެވެ. މިއީ ޖަޕާނު ސަރުކާރުގެ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމުގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓެކެވެ.
މި މަޝްރޫޢު ކުރިއަށް ގެންދާނީ ޖަޕާންގެ ޓެކް އިންޓަނޭޝަނަލް އިންކޯޕަރޭޝަނުންނެވެ.
މި އެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ޙަސަން ރަޝީދެވެ. އަދި ޖަޕާންގެ ޓެކް އިންޓަނޭޝަނަލް އިންކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު މަކޯޓޯ ޔޮކޮށީ އެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނި ގޮތުގައި މި އެއްބަސްވުމުގެ މާލޭގައި ޤާއިމްކޮށްފައިވާ 16 ޕަންމްޕް ސްޓޭޝަން އޮޓޮމޭޓް ކުރުމަށް ހަރުކުރަން ޖެހޭ އާލާތްތައް ޕަންމްޕް ސްޓޭޝަންތަކުގައި ހަރުކުރުމާއި އެ ތަކެތި މޮނިޓަ ކުރުމަށްޓަކައި ސެންޓްރަލައިޒްޑް މޮނިޓަރިންގް ސްޓޭޝަންނެއް ޤާއިމް ކުރުމުގެ އިތުރަށް ފެން ހިންދާ ނިޒާމުގެ މެއިންޓެނަންސަށް ބޭނުންވާ ޖެޓިންގެ ވެހިކަލްއެއް ފޯރުކޮށްދޭނެ ކަމަށެވެ.