ENGLISH

09 ޖޫން 2026

Advertisement

އެއް ފަހަރު ބޭނުންކުރުމަށްފަހު އެއްލައިލާ ޕްލާސްޓިކް ފުޅީގައި ކާބޯތަކެތި ބަންދުކޮށްް ނުވިއްކުމަށް އިލްތިމާސްކޮށްފި

22 ފެބްރުއަރީ 2026

|

ޝިފްޒާން އަޙްމަދު

ބޯފެނާއި ލުއިބުއިންތައް ބަންދުކޮށްފައި ހުންނަ އެއް ފަހަރު ބޭނުންކުރާ ފުޅީގައި ކާބޯތަކެތި ބަންދުކޮށްގެން ނުވިއްކުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން ބުނެފިއެވެ. 

އެ އޮތޯރިޓީން މިއަދު ނެރުނު ބަޔާނެއްގައި އެ އޮތޯރިޓީން ބުނެފައިވަނީ ބޯފެނާއި ލުއިބުއިން ބަންދުކުރުމަށް ބޭނުންކުރާ ޕްލާސްޓިކް ފުޅިތައް ހުސްކުރުމަށްފަހު ދެވަނަ ފަހަރަށް ކާބޯތަކެތި ބަަންދުކޮށް ބޭނުންކުރަމުންދާކަން އެ އިދާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. 

އެ އިދާރާއިން ބުނި ގޮތުގައި މިބާވަތުގެ ފުޅިތަކަކީ އެއްފަހަރު ބޭނުންކުރުމަށްފަހު އުކައިލާ ގޮތަށް ވަކި ހާއްސަަ ބާވަތެއްގެ ޕްލާސްޓިކެއް ބޭނުންކޮށްގެން ތައްޔާރުކޮށްފައި ހުންނަ ފުޅިތަކެކެވެ. އޭގެ އިތުރަށް އެ އިދާރާއިން ފާހަގަކުރީ މި ފުޅިތަކަކީ ވަކި ބާވަތެއްގެ އުފެއްދުންތަކެއް ބަންދުކުރަން ބޭނުންކުރާ ފުޅިތަކެއް ކަމެވެ. 

ނަމަވެސް މި ފުޅިތަކުގައި އެހެނިހެން ބާވަތްތަކުގެ ތަފާތު އެކި ކާބޯތަކެތި ބަންދުކޮށް ވިއްކަމުންދާކަން އެ އިދާރާއަށް ފާހަގަކުރެވިފައިވާކަމަށް ބުނުމާއެކު، އެމްއެފްޑީއޭއިން ބުނެފައިވަނީ އެގޮތަށް ދެވަނަ ފަހަރަަށް ފުޅިތައް ބޭނުންކުރުމުގެ ސަބަބުން ޕްލާސްޓިކްގެ އަސަރު ކާބޯތަކެއްޗަށް ފޯރައި އެކަމުގެ ސަބަބުން އިންސާނުންގެ ސިއްހަތަށް ނޭދެވޭ އަސަރުކުރުމުގެ ފުރުސަތު ބޮޑު ކަމަށެވެ. 

އެއްފަހަރު ބޭނުންކުރާ ޕްލާސްޓިކް ފުޅީގައި ކާބޯތަކެތި ބަންދުކޮށް ވިއްކުމުގެ ސަބަބުން އިންސާނުންގެ ސިއްހަތަށް ނުރައްކާވާތީ، އެގޮތަށް ކާބޯތަކެތި އެފަދަ ފުޅިތަކުގައި ބަންދުކޮށްގެން ނުވިއްކުމަށް އެ އިދާރާއިން އިލްތިމާސްކުރިއެވެ. 

ކިޔުންތެރިންގެ ހިޔާލު