ENGLISH

19 އޭޕްރީލު 2025

Advertisement

އަމީނަށް ހެދިގޮތް ރައީސަށް ހަދަން ޖެހޭ ކަމަށް ބުނި މައްސަލަ މަޖިލީހަށް

10 ޑިސެމްބަރު 2024

|

އެމް އެމް

ކުއްލި މައްސަލަ ހުށަހެޅި މެމްބަރު

ރައީސް ޑރ. މުހައްމަދު މުއިއްޒަށް ރާއްޖޭގެ ފުރަތަމަ ރައީސް މުހައްމަދު އަމީން ދީދީއަށް ހެދި ގޮތް ހަދަން ޖެހޭ ކަމަށް ބުނެ އިދިކޮޅު މައި ޕާޓީ، އެމްޑީޕީއަށް ނިސްބަތްވާ ބައެއް ފަރާތްތަކުން ދައްކަމުން އަންނަ ވާހަކަތަކާ ގުޅޭ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ކުއްލި މައްސަލައެއްގެ ގޮތުގައި އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ މިލަންދޫ ދާއިރާގެ ޕީއެންސީގެ މެންބަރު, ހަސަން މުފީދު އަބްދުލް ގާދިރެވެ.

އެ ކުއްލި މައްސަލާގައި ބުނެފައިވަނީ އެމްޑީޕީގެ އެކި ޕޯޑިއަމްތަކުގައި ޓެރަރިޒަމްގެ އަމަލަކަށް ހިތްވަރުދީ, ވާހަކަ ދައްކާފައިވާ ކަމަށެވެ. އަދި އެކަން ތަހުގީގު ކުރުމަށް ކުއްލި މައްސަލާގައި ގޮވާލާފައިވެ އެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ސީދާ ގޮތުން އަދި ނުސީދާ ގޮތުން ވިޔަސް ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމަކީ ކުށެއް ކަމަށް ބަޔާންކޮށްފައިވާކަން ފާހަގަކުރައްވާ މުފީދު ވިދާޅުވީ އެމްޑީޕީން ޕޯޑިއަމްތަކުގައި ދައްކާފައިވާ ވާހަކަތަަކަކީ ވަކި ސިޔާސީ ފިކުރެއް ކުރިއެރުވުމަށާއި އާންމުންގެ މެދުގައި ބިރުވެރިކަން އުފެއްދުމާއި އެެހެން މީހެއްގެ ފުރާނައަށް ނުރައްކަލެއް ކުރިމަތިކުރުވުމުގެ މަގުސަދުގައި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމަށް ދައްކާފައިވާ ވާހަކަތަކެއް ކަމަށެވެ.

އެ މައްސަލަ މަޖިލީހަށް ބަލަައިގެންފައިވަނީ 44 މެންބަރުންގެ ވޯޓުންނެވެ. މައްސަލަ ބަލައިގަތުމާ ދެކޮޅަށް 8 މެންބަރުން ވޯޓު ދެއްވިއިރު، ވަކި ގޮތަކަށް ވޯޓު ނުދެއްވާ މެންބަރަކު ހިމެނެ އެވެ

ކިޔުންތެރިންގެ ހިޔާލު