ENGLISH
21 ފެބްރުއަރީ 2026
މީހަކު ބަންދުކޮށްގެން އުޅުނު މައްސަލައެއްގައި ބަންގްލަދޭޝް މީހަކު ހައްޔަރުކޮށްފި
21 ފެބްރުއަރީ 2026
|
ހައްޔަރު ކުރި ބިދޭސި މީހާ. ފޮޓޯ: މޯލްޑިވްސް ޕޮލިސް
އެންމެ މަޤްބޫލު
ހުއްދަ ނޫން ގޮތަކަށް މީހަކު ބަންދުކޮށްގެން އުޅުނު ބިދޭސީއަކު ހައްޔަރުކޮށްފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ފުލުހުން ބުނީ ހުއްދަނޫން ގޮތުގައި މީހަކު ހިފާއްޓާފައިވާ މައްސަލައެއް މި މަހު 19 ވަނަ ދުވަހުގެ ރޭ ދަންވަރު 01:22 އެހާ ކަންހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާކަމަށެވެ.
ތަހުގީގުގެ ތެރެއިން ފުލުހުން ކޮށްފައިވާ މަސައްކަތުން އެމީހާ މާލޭގައި ހުރިތަން ދެނެގަނެ، އެތަނަށް ބާރުގެ ބޭނުންކޮށް ވަދެ، ހިފަހައްޓާފައި ހުރި މީހާ ވަނީ އެރޭ 02:29 ގައި ސަލާމަތްކޮށްފައި ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން މައުލޫމާތު ދިންގޮތުގައި އެމީހާއަށް ބޭރުފުށުން އެއްވެސް އަނިޔާއެެއް ލިބިފައެއް ނުވެއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އިޤްބާލް މިއާ (35އ) އެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އިޤްބާލް މިއާ އަކީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީއެކެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ބުނެފައިވެއެވެ.