ENGLISH

19 އޭޕްރީލު 2025

Advertisement

ކުރިއަރާފައިވާ އަމާން ގައުމަކަށް ރާއްޖެ ހެދުމަށް ފުލުހުންނަކީ މުޙިއްމު ބައެއް: ޑރ. އިސްމާޢީލް ޝަފީޢު

09 ޑިސެމްބަރު 2024

|

އެމް އެމް

ތަޢުލީމީ ވަޒީރު ޑރ. އިސްމާޢިލް ޝަފީީޢު


ދިވެހި ޤައުމަކީ ކުރިއަރާފައިވާ، އަމާން އެކުވެރި ރައްޔިތުންތަކެއް އުޅޭ މުޖުތަމަޢުއަކަށް ހެދުމަށް އެންމެ އިސްދައުރެއް އަދާކުރެވޭނެ އެއްބަޔަކީ ދިވެހި ފުލުހުންކަމަށް ތަޢުލީމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވިއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ 37 ވަނަ ޕޮލިސް އިނީޝިއަލް ޓްރެއިނިން ކޯހުގެ ދަސްވެނިވެ ހިނގާލުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

އަދި މުޖުތަމަޢުގައި އެހީތެރިކަމެއް ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި ދިވެހި ފުލުހުން އެންމެ ކުރީ ސަފުގައި ތިބޭކަން ފާހަގަކުރައްވާ ވަޒީރު ވަނީ ފުލުހުން ކުރާ ކަންކަމަށް ސާބަސްދީ އެގޮތުގައި ތިބުމަށް އެދިވަޑައިގެންފައެވެ.

"ކުށް މަދުކުރުން. ރައްޔިތުންނަށް ދިމާވާ އެކިއެކި ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުން. ޚާއްސަކޮށް އެކިއެކި ކުށްތަކުން ޒުވާނުން. މުޅި މުޖުތަމަޢު ސަލާމަތްކުރުމަށްޓަކައި ކުރެވޭ މަސައްކަތުން މި ދެންނެވި ކަންކަން އިރާދަކުރެއްވިއްޔާ ހާސިލްވެގެންދާނެ. އެހެންކަމުން އަޅުގަނޑު އިލްތިމާސް ކުރާނީ ފުލުހުންގެ ތަމްރީނުން ލިބުނު ހުނަރު ހެޔޮގޮތުގައި ބޭނުންކުރުމަށް،" -  މިނިސްޓަރ ޝަފީޢު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތުގައި ޝާމިލްވާ ކޮންމެ ފުލަހަކީ ވެސް ރައްޔިތުންގެ އިތުބާރު ހޯދަން ޖެހޭ މީހެއް ކަމަށެވެ. 

ތަޢުލީމީ ވަޒީރު ޑރ. އިސްމާޢިލް ޝަފީއު ވަނީ ރާއްޖޭގެ 140 އަށްވުރެ ގިނަ ރަށުގައި ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ފުލުހުން ތިބިކަން ފާހަގަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު