ENGLISH
19 އޭޕްރީލު 2025
ރައީސް ދިފާޢުކުރަން ނުކުންނާނެ ރައްޔިތުން މާގިނަވާނެ: އެމްޕީއެލް ސީއީއޯ
09 ޑިސެމްބަރު 2024
|
އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހު އިބްރާހިމް--ފޮޓޯ/ ޕީއެސްއެމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އަކީ އެކަނިހުންނެވި ބޭފުޅެން ނޫން ކަމާށާއި، އެމަނިފާނުގެ ވެރިކަން ދިފާއުކުރަން ނުކުންނާނެ ރައްޔިތުން މާގިނަވާނެ ކަމަށް، މޯލްޑިވްސް ފޯޓްސް ލިމިޑެޓް (އެމްޕީއެލް) ގެ ސީއީއޯ މުޙައްމަދު ވަޖީހު އިބްރާހިމް ވިދާޅުވެއްޖެއެވެ.
އެމްްއެމްޓީވީގެ "ރައްޔިތުންގެ ދިފާޢުގައި" ޕްރޮގްރާމުގައި ވަހަކަ ދައްކަވަމުން، ވަޖީހު މިރޭ ވިދާޅުވީ ވަކި ފަރުދަކު ނުވަތަ ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވިއަސް ރައީސް އަށް އިންޒާރުދީ ބިރުދެއްކުމަށް ޖާގަދީގެން ނުވާނެ ކަމަށެވެ. ވަޖީހު އެ އިޝާރާތް ކުރެއްވީ، ރައްޔިތުންނަށް ދެރަދޭނަމަ، މިހާރުގެ ރައީސްއަށް ވެސް ހަދަންޖެހޭނީ ކުރީގެ ރައީސް މުޙައްމަދު އަމީން އަށް ވެސް ހެދި ގޮތްކަމަށް، އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ފާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވި ވާހަކަ އަށް އިޝާރާތްކުރައްވަ އެވެ.
"ރައީސް އަކީ އެކަނި ހުންނެވި ބޭފުޅެއްނޫން، އެމަނިކުފާނު ވެރިކަމަށް ވަޑައިގަތީ ބޮޑު ސިންގާ ޕާޓީއެއްގެ ވެރިއެއްގެ ގޮތުގައި، އެމަނިކުފާނު ދިފާޢުކުރަން އެމަނިކުފާނު ވެރިކަމަށް ގެނައި ރައްޔިތުން ތިބޭނެ،" ވަޖީހު ވަރަށް ޔަޤީންކަމާއެކު ވިދުވާޅުވިއެވެ.
ރައީސް އަމީންގެ ވެރިކަން 1953 ގައި ވައްޓާލުމަށްފަހު އެމަނިކުފާނު ހަވަރަށްދީ ރައްޔިތުން ނުކުމެ އަނިޔާކުރި ސަބަބެއް ކަމަށް ބައެއް ފަރާތްތަކުން ބުނަނީ ރާއްޖެއަށް ދުންފަަތް އެތެރެކުރުން މަނާކުރުމެވެ. ރައީސް މުޢިއްޒު ވަނީ ވޭޕް އެތެރެކުރުން މަނާކޮށް ދުންފަތް ކޮޓްރޯލް ކުރެއްވުމަށް ފިޔަވަޅުތަކެއް އަޅުއްވައިފައެވެ.
"ރައްޔިތުންނަށް ދެރަ ދިނީމާ ހަމަ މުހައްމަދު އަމީންއަށް ހެދިގޮތް ހަދަން ޖެހޭނީ، އެހެން ކޮން ގޮތެއްތޯ ހަދާނީ؟" އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒު ވަނީ އެއީ ހަދަންޖެހޭ ގޮތްކަމަށް މީހުނަށް މެސެޖް ދިނުމުގެ ގޮތުން އެހެން ވިދާޅު، ކުޑައިރުކޮޅަކަށް މަޑުކޮށްލައްވައިފަ އެވެ. "އެއީ ދިވެހިރާއްޖޭގެ ތާރީޚު ދައްކާފައި އޮތް ހަޤީޤަތް، އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ކުޅުދުއްފުށީ ޕޯޑިއަމްގައި އެ ބޭފުޅަކު އެހެން އެ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއަކަށް މިހާރު އެ ހުންނެވި ޑރ. މުޢިއްޒުއަށް ނަސޭހަތުގެ ގޮތުގައި، އެހެންވިޔަ ނުދޭށޭ އެ ބޭފުޅަކު ވިދާޅުވީ އިނގޭތޯ؟،"
ފައްޔާޒު ވިދާޅުވީ ރާއްޖޭގެ ސިޔާސީ މާޒީއަށް ބަލާއިރު ވެސް ފެނިގެން ގޮސްފައި ވަނީ އަނިޔާވެރިވާވެރިންނަށް އަނިޔާވެރިވެފައިވާތަން ކަމަށެވެ.
ވަޖީހު ވިދާޅުވީ އެއްވެސް ރައީސްއަކަށް މީގެން ކުރިން ނިންމަވަން ނުކުރުނު ނިންމުންތައް، ރައީސް މުޢިއްޒު ނިންމަވާފައިވާ ކަމެވެ. ޚާއްސަކޮށް ސްކޫލަތަކުގެ އެތައް ދަރިވަރުންނެއް ދެވިހިފާފައިވާ ވޭޕް ކުރުމުގެ ނުރައްކަލުން ޖީލު ސަލާމަތް ކޮށްދިނުމަކީ، ހެޔޮވިސްނޭ ކޮންމެ ދިވެހި ދަރިއަކު ވެސް ޤަބޫލުކުރާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.