ENGLISH

19 އޭޕްރީލު 2025

Advertisement

ހިންމަފުށީގައި ވެމްކޯގެ ޚިދުމަތް ރަސްމީކޮށް ފަށައިފި

09 ޑިސެމްބަރު 2024

|

އެމް އެމް

ހިންމަފުށީގައި ވެމްކޯގެ ޚިދުމަތް ރައީސް އިފްތިތާހު ކޮށްދެއްވަނީ

ކ. ހިންމަފުށީގައި ވެމްކޯގެ ހިދުމަތް ރަސްމީކޮށް ފަށައިފިއެވެ.

ކ. ހިންމަފުށީގައި ވެމްކޯގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

ރާއްޖެ އަކީ ސާފު ތަނެއްގައި ބޭއްވުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން އެކި ރަށްތަކުގައި ކުނި މެނޭޖްކުރުމުގެ ޚިދުމަތް ވެމްކޯއިން އަންނަނީ ދެމުންނެވެ.

މިގޮތުން ހިންމަފުށީގައި ވެމްކޯގެ ޚިދުމަތް މިހާރު މިވަނީ ފަށާފައެވެ. މިއާއެކު ހިންމަފުށީގެ ގޭބިސީތަކުންނާއި ކޮންސްޓްރަކްޝަން ސައިޓްތަކާއި ވިޔަފާރިތަކަށް ވެސް ކުނި ނެގުމުގެ ޚިދުމަތް ވެމްކޯއިން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވެއެވެ.

ވެމްކޯގެ ޚިދުމަތް މާލޭގެ އިތުރުން އަތޮޅުތަކުގެ އެކި ހިސާބުތަކުގައި ވެސް އަންނަނީ ދެމުންނެވެ. އެގޮތުން ހދ.ކުޅުދުއްފުއްޓާއި ގދ. ތިނަދޫ އަދި މާފުށީގައިވެސް އެ ޚިދުމަތް ދޭން ވަނީ ފަށާފައެވެ.

ސަރުކާރުން ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދީ ކުނި އުފައްދާ މަޞްދަރުން ފެށިގެން، ކުނި މެނޭޖްކުރާ ސަރަހައްދީ މަރުކަޒުގައި ކުނި ނައްތާލުމާ ހަމައަށް ވަށާ ޖެހޭ އަދި ތިމާވެއްޓާ ރައްޓެހި ގޮތަކަށް ކުނި މެނޭޖްކުރުމުގެ ގޮތުން ޤައުމީ ޕްލޭނެއް ވަނީ އިފްތިތާހްކޮށްފައެވެ.

މި ޕްލޭންގެ ދަށުން ކުނި މެނޭޖްކުރުމުގެ ހާލަތު ވަޒަންކޮށް ރަނގަޅު ގޮތުގައި ކުނި މެނޭޖްކުރުމަށް އެޅިދާނެ ފިޔަވަޅުތައް ދެނެގަނެ އާންމުން ހޭލުންތެރިކުރުން ހިމެނެއެވެ. މީހުން ދިރިއުޅޭ ރަށްރަށުގައި ކުނި މެނޭޖްކުރުމުގެ ޚިދުމަތް ވެމްކޯއިން ދެމުން އަންނައިރު އެ ކުންފުނިން މިހާރު އަންނަނީ ރިސޯޓުތަކުން ވެސް ކުނި އުކާލުމުގެ ޚިދުމަތް ފޯރުކޮށްދެމުންނެވެ.  

ކިޔުންތެރިންގެ ހިޔާލު