ENGLISH

19 އޭޕްރީލު 2025

Advertisement

2025 ވެގެންދާނީ އުފާވެރި މަންޒަރުގެ އަމަލީ މަސައްކަތް ފެށޭ އަހަރަށް: ރައީސް

09 ޑިސެމްބަރު 2024

|

ޢަލީ ޝާހީން

ރައީސުލް ޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު - ފޮޓޯ: ރައީސް އޮފީސް

ދެހާސް ފަންސަވީސް ވަނަ އަހަރު ވެގެންދާނީ އުފާވެރި މަންޒަރުގެ އަމަލީ މަސައްކަތްތައް ފެށޭ އަހަރަށް ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

އެމަނިކުފާނު މިހެން ވިދާޅުވީ، އަރި އަތޮޅާއި މާލެ އަތޮޅުގެ ބައެއް ރަށް ރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ހިންމަފުށީ ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓުން އެންމެ ބޮޑު އިސްކަމެއް ދޭނީ ގެދޮރު ބިނާ ކުރުމަށް ކަމަށެވެ. އަދި ގެދޮރުބިނާ ކުރުމުގެ އެންމެ ގިނަ މަޝްރޫއުތައް އެއް އަހަރެއްގެ ތެރޭގައި ކުރިއަށް ގެންދެވޭ އަހަރަކަށް 2025 ވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ 2025 ވަނަ އަހަރަށް އަޅުގަނޑުމެންގެ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓަކީ މި ދެންނެވި ކަންކަމުގެ އުފާވެރި މަންޒަރުތައް އަމަލީ ގޮތުން ފެނިގެންދާނެ ބަޖެޓެއް، އިރާދަކުރެއްވިއްޔާ އަންނަ އަހަރު މި ދެންނެވި ގޮތަށް މަސައްކަތްތައް ކުރެވިގެން ދާނެ، " - ރައީސުލް ޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު 

ރައީސް ވިދާޅުވީ، މި ހިނގާ އަހަރަށް އެމްޑީޕީ މެޖޯރިޓީ އޮތް މަޖިލީހުން ބަޖެޓް ފާސްކޮށްފައި އޮތީ ގިނަ މަޝްރޫއުތަކެއް އެކަށީގެންވާ ފަދަ ގޮތެއްގައި ނުކުރެވޭ ގޮތަށް ކަމަށާއި، މިހެންވުމުން ހަގީގަތުގައި މުހިންމު ކަންކަން އެންމެ އެކަށީގެންވާ ގޮތަކަށް ނުކުރެވުނު ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު