ENGLISH

17 ފެބްރުއަރީ 2026

Advertisement

ރައީސުލްޖުމްހޫރިއްޔާ، ބަންގްލަދޭޝްގެ ބޮޑުވަޒީރާއި ބައްދަލުކުރައްވައިފި

17 ފެބްރުއަރީ 2026

|

އަޙުމަދު ޙަމީދު

ރައީސުލްޖުމްހޫރިއްޔާ، ބަންގްލަދޭޝްގެ ބޮޑުވަޒީރާއި ބައްދަލުކުރެއްވުން --

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު, ބަންގްލަދޭޝްގެ ބޮޑުވަޒީރުކަމުގެ ހުވާ މިއަދު ކުރެއްވި ތާރިޤް ރަޙްމާން ބައްދަލުކުރައްވައިފި އެވެ.

މިބައްދަލުވުން އޮތީ ބޮޑުވަޒީރާއި ބަންގްލަދޭޝްގެ އާ ސަރުކާރު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ފަހު އެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ފެބްރުއަރީ 12 ވަނަ ދުވަހު އޮތް 13 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ބޮޑުވަޒީރު ތާރިޤް ރަޙްމާން އާއި ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) އަށް ލިބުނު ކާމިޔާބީއަށް މަރުހަބާ ވިދާޅުވެފަ އެވެ. އަދި ދެ ޤައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮތް އެކުވެރި ގުޅުން އިތުރަށް ބަދަހިކުރުމަށް ބަންގްލަދޭޝް ސަރުކާރާ ގާތުން މަސައްކަތް ކުރުމުގައި ރާއްޖެ ދެމި އޮންނާނެ ކަމުގެ ޔަޤީންކަން ދެއްވި އެވެ.

ބަންގްލަދޭޝްގެ ބޮޑުވަޒީރު ތާރިޤް ރަޙްމާން ވަނީ އެމަނިކުފާނާއި އައު ސަރުކާރު ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމުން އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރައްވާފަ އެވެ. މިއަދުގެ ބައްދަލްވުމުގައި ދެ ލީޑަރުން ވަނީ ވިޔަފާރި އާއި އިންވެސްޓްމަންޓާއި ސިއްޙީ އެއްބާރުލުން ދިނުމާއި ތިމާވެށީގެ އެއްބާރުލުން ދިނުމާއި މަތީ ތައުލީމާއި ވައިގެ ގުޅުން ރަނގަޅު ކުރުން ހިމެނޭ ގޮތަށް އެއްބާރުލުން އިތުރުކުރުމަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައި ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު