ENGLISH

19 އޭޕްރީލު 2025

Advertisement

ސަބްސިޑީ އާއި އާސަންދަ ކަނޑާ ނުލައްވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި

09 ޑިސެމްބަރު 2024

|

އަހުމަދު ސައީދު

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކ. ގާފަރަށް ވަޑައިގެން ސަލާމް ކުރައްވަނީ-- ފޮޓޯ/ ރައީސް އޮފީސް

ސަބްސިޑީ އާއި އާސަންދަ ކަނޑާ ނުލާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

މާލެ އަތޮޅާއި އއ. އަތޮޅަށް ކުރެއްވި ރަސްްމީ ދަތުރުފުޅުގެ ތެރެއިން އއ.މަތިވެރީގައި ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް މުޢިއްޒު ވަނީ ސަބްސިޑީއާ ގުޅޭ ކަންކަން ސާފުކޮށް ދެއްވައި ފައެވެ.

"އެއްވެސް ސަބްސީޑީއެއް އެއްވެސް އުނި ކަމަކަށް އުންޔެއް ނުވާނެ. އޭގެ ބަދަލުގައި ބޭކާރު ވަމުންދާ ނާޒާއިޒު ގޮތުގައި ކުރަމުންދާ ޚަރަދުތައް ހުއްޓާލައި އުނި ކުރަމުންދާނީ،"ރައީސް ޑރ. މުޢިއްޒު ވިދާޅުވި އެވެ. 

ރައީސް ޑރ. މުޢިއްޒު ވިދާޅުވީ އެއްވެސް ރައްޔިތަކަށް ލިބޭ ސަބްސިޑީއާއި އާސަންދަ އަދި ރިޓަޔަރަމަންޓް ޕެންޝަން ވެސް ނުކަނޑާނެ ކަމާއި، އޭގެ ބަދަލުގައި އެކަންކަން ރަނގަޅު ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުދީ އާސަންދަ އަށް ގެނަންވާ އެންމެ ބޮޑު ބަދަލަކީ އެ ޙިދުމަތްދޭ ފަރާތްތަކުން ނާޖާއިޒު ފައިދާ ނެގުން ހުއްޓުވުމާއި ބޭހުގެ ހެޔޮ އަގުގައި ބޭސް ލިބޭނެ ގޮތް ހައްދަވައިދެއްވުމެވެ. 

"މިސާލަކަށް ބޭހުގެ ވިޔަފާރީގެ ތެރޭގައި އުޅެމުންދާ އެތައް ބަޔަކު އުޅެމުންދޭ. އާސަންދައިގެ ތެރެއިން އެތައް ސަތޭކަ ޕަސެންޓެއްގެ ޕްރޮފިޓް ލާފަ ބޭސް ވިއްކާ ފަރާތްތައް. އެކަން ހުއްޓުވަން އެބަ. އެއީ ރައްތިތުންނަށް އުނދަގުލެވާކަމެއްނޫން. ރައްޔިތުންނަށް ލިބެމުންދާ އާސަންދައަށް އެއްވެސް އުންޏެއް ނާންނާނެ. ވަރަށް ގިނަވާނެ ތިބޭފުޅުންނަށްވެސް ފާހަގަވާނެ ވަރަށް ކުޑަކުޑަ 12 ފޫޓު 13 ފޫޓުގެ ތަނެއް ކުއްޔައް ނަގައިގެން އިސާހިތަކު މަސްދޯނިފަހަރު ގަނެ ބޮޑެތި ގެތައް ހަދާނެ،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި ބައެއް ބޭސް ރާއްޖޭގައި ވިއްކަމުން ގެންދަނީ 1،000 ޕަސެންޓަށް ވުރެ ބޮޑު ފައިދާއެއް ލައިގެންނެވެ. އެންމެ ޢާންމުކޮށް ވިއްކާ 250 ބޭހަށް ބެލި ނަމަވެސް އެ ހަޤީޤަތް ފެންނަން އޮތް ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

އެހެންކަމުން ބަލްކް ޕްރޮކިއުމަންޓް ނިޒާމުގެތެރެއިން އެންމެ ކޮލިޓީ ބޭސް ރާއްޖެއަށް އެތެރެކޮށް، އެސްޓީއޯއާ އެއް ރޭޓެއްގައި ބޭސް ވިއްކުމަށް ނިޒާމަށް ބަދަލުތަކެއް ގެންނަވާފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މުޢިއްޒު އިތުރަށް މިއަހަރު ވެސް މިދިޔަ އަހަރެކޭ އެއްގޮތަށް ރޯދަމަހު ކަރަންޓް ބިލަށް ޑިސްކައުންޓް ލިބޭނެ ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު